Advertisement

ނޭޝަނަލް ސާވިސްގެ އިނީޝަލް ޓްރެއިނިންގެ ދެވަނަ ބެޗު ތަމްރީނަށް ފުރައިފި

ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗަށް ހޮވުނު ބައިވެރިން -- ފޮޓޯ: އެމްއެންޑީއެފް


ނޭޝަނަލް ސާވިސްގެ އިނީޝަލް ޓްރެއިނިންގެ ދެވަނަ ބެޗު ތަމްރީނަށް ފުރައިފި

ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗަށް ހޮވުނު ދަރިވަރުން ތަމްރީނަށް ފުރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ނޭޝަނަލް ސާވިސްގެ ދެވަނަ ބެޗުގައި 112 ރަށަކުން ޖުމުލަ 350 ކުދިން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނޭޝަނަލް ސާވިސް ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެ ޕްރޮގްރާމް ތައާރަފްކުރި ފަހުން މިދިޔަ އަހަރު ތަމްރީންތަކަށް ދިޔައީ 343 މީހުންނެވެ.

ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓުގެ އިތުރުން ސިވިލް އެޑިއެކޭޝަން އެންޑް ލީޑާޝިޕްގެ ސެޓްފިކެޓް 3 އާއި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓާއި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދެވޭނެ އެވެ.