21 ފެބުރުވަރީ 2026 - 22:56 1
މުހައްމަދު ޝަހްޒާން
ހުޅުމާލޭގައި ހުންނަ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގައި ރޭ އަލިފާން ރޯވެ ލިބުނު ގެއްލުން -- ފޮޓޯ: އެމްއެންޑީއެފް
21 ފެބުރުވަރީ 2026 - 22:56 1
ހުޅުމާލޭގައި ހުންނަ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގައި ރޭ އަލިފާން ރޯވެ ގެއްލުން ލިބުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް (އެންޑީއެމްއޭ) އިން އެ ތަނުގައި ދިރިއުޅެމުންދިޔަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.
އެންޑީއެމްއޭއިން ބުނީ ރޭ އެ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އެޕާޓުމެންޓުގެ ބަދިގެއަށް ވަރަށް ބޮޑު ގެއްލުމެއްވި ކަމަށެވެ. އެހެންކަމުން އެ އާއިލާއަށް ބޭނުންވާ ކެއުންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ވަން އެވެނިއުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
Comment