Advertisement

ނެސްކެފޭ އާއި ދިވެހިން: 40 އަހަރުވީ ބަދަލުނުވާ ގުޅުން ނަންބަރުތަކުން


ނެސްކެފޭ އާއި ދިވެހިން: 40 އަހަރުވީ ބަދަލުނުވާ ގުޅުން ނަންބަރުތަކުން

ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ގެއެއްގެ ބަދިގެއަށް ބަލައިލި ކަމުގައިވިޔަސް، "ނެސްކެފޭ" ގެ ރަތްކުލައިގެ ދަޅެއް، ފުޅިއެއް ނުވަތަ ޕެކެޓެއް ނުފެނި ނުދާނެއެވެ. މިއީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ލާމެހިފައިވާ ބްރޭންޑެކެވެ.

ރާއްޖެއަށް މި ބްރޭންޑު ތައާރަފުވިތާ 40 އަހަރު ފުރިގެންދާއިރު، ދިވެހިންނާއި ނެސްކެފޭއާ އޮތް ގުޅުމުގެ ފަހަތުގައި ހައިރާންކުރުވަނިި ނަންބަރުތަކަކާއި ދިގު ތާރީހެއް އެކުލެވިގެންވެއެވެ.

ނެސްކެފޭގެ ތާރީހު ފެށެނީ 1929 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކުގައެވެ. އެ ދުވަސްވަރު ބްރެޒިލްގައި އުފެއްދި ކޮފީ ބީންސްތައް ބޭނުން ނުކުރެވި ބޭކާރުވާން ފެށުމުން، އެ ގައުމުގެ ސަރުކާރުން ނެސްލޭ ކުންފުނީގެ އެހީތެރިކަމަށް އެދުނެވެ. އަމާޒަކީ ފެނަށް ގިރާލައިގެން ވަގުތުން ބޮވޭނެ، އަދި ގިނަ ދުވަހު ހަލާކުނުވެ ހުންނާނެ ކޮފީއެއް އުފެއްދުމެވެ.

އަށް އަހަރުގެ ދިގު ތަހުލީލުތަކަށްފަހު، ކެމިސްޓް މެކްސް މޯގަންތަލާ "ނެސްކެފޭ" އުފެއްދިއެވެ. މި އުފެއްދުން ބާޒާރަށް ނެރުނީ އެޕްރީލް 1938 ގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިންގެ ކެއުމުގެ ތެރޭގައި ނެސްކެފޭ ހިމެނުމުން، މުޅި ދުނިޔެއަށް މި ބްރޭންޑު މަގުބޫލުވެގެން ދިޔައެވެ.


ރާއްޖޭގެ ބާޒާރަށް ނެސްކެފޭ ތައާރަފުވީ މީގެ 40 އަހަރު ކުރިންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު، މިއީ ދިވެހިންގެ އެންމެ އިތުބާރު ބޮޑު އެއް ބްރޭންޑެވެ. ގޭގޭގައި ބޯ ކޮފީގެ އިތުރުން، އޮފީސްތަކާއި ހޮޓާ ކެފޭތަކުގައި ވެސް އެންމެ މަގުބޫލީ މި ބްރޭންޑެވެ. އެހެންވެ، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ބަދަލުތަކާއެކު ވެސް، ދިވެހިންގެ "ކޮފީ ތަށީގެ" އާދަ އާއި ރަހައަށް ބަދަލެއް ނާދެއެވެ.

މިއަދު ނެސްކެފޭއަކީ ދުނިޔޭގެ އެންމެ ގިނައިން ބޯ ކޮފީ ބްރޭންޑެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ސިކުންތަކު 5،500 ތަށި ނެސްކެފޭ ބޮއެވެ. ދުނިޔޭގައި ބޮވޭ ކޮންމެ 7 ތަށި ކޮފީއަކުން 1 ތަށްޓަކީ ނެސްކެފޭއެވެ. މި ބްރޭންޑު ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބޭނުންކުރެއެވެ.

ނެސްކެފޭ އާ އުފެއްދުމެއް ކަމުގައިވާ "ނެސްކެފޭ ސުޕީރިއޯ" ރާއްޖޭގެ ބާޒާރަށް ތައާރަފުކުރަން އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ހާމަކުރި ނަންބަރުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ސިކުންތަކު ނެސްކެފޭ ހަތަރު ތަށި ކޮފީ ބޯލަ އެވެ.

އެއީ މިނެޓަކު 240 ތަށްޓެވެ. ގަޑިއިރަކަށް ބަލާނަމަ 14،400 ތަށްޓެވެ. ދުވާލަކު 345،600 ތަށްޓެވެ. އަހަރަކު 126 މިލިއަން ތަށްޓެވެ.

ނެސްކެފޭ އާއި ދިވެހިންގެ މި ގުޅުމުގެ ބަދަހި ކަމާމެދު ހައިރާނެއް ނުވޭ ހެއްޔެވެ.