20 ފެބުރުވަރީ 2026 - 16:32 1
ލީވާން އަލީ ނާސިރު
20 ފެބުރުވަރީ 2026 - 16:32 1
މާލޭ ލޯކަލް މާރުކޭޓުގައި މިއަދު ކިއުކަމްބާ ކިލޯއެއް 70ރ. އަށް ލިބެންހުރިއިރު، ކަނޑޫދޫ މިރުހުގެ އަގު އަނެއްކާވެސް ވަނީ އުފުލިފަ އެވެ.
މިދިޔަ ހަފްތާގައި 30ރ. އަށް ލިބެންހުރި ކިއުކަމްބާ ކިލޯއެއްގެ އަގު ރޯދަ މަހުގެ ފުރަތަމަ ދުވަހު ކިއުކަމްބާ ކިލޯއެއް 55ރ. އަށް ވެސް ލިބުނެވެ. ނަމަވެސް މިއަދު އެންމެ އަގުހެޔޮކޮށް ވެސް ކިއުކަމްބާ ކިލޯއެއް ލިބެނީ 70ރ. އަށެވެ.
ބާޒާރުގައި އެންމެ ރަނގަޅު ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެން ހުރީ 60ރ. އަށެވެ. ކިލޯއެއް ލިބެންހުރީ 580ރ. އަށެވެ. ނަމަވެސް ދޮންވެފައި ހުރި ކަނޑޫދޫ މިރުހުގެ 100 ގްރާމް 45ރ. އާއި 50ރ. އާ ދެމެދު ލިބެން އެބަހުއްޓެވެ.
ކަނޑޫދޫ މިރުހުގެ އިތުރުން ބާޒާރުގައި ދެން ހުރީ ލ. އަތޮޅު މިރުހާއި ސްރީލަންކާގެ މިރުހެވެ. ލ. އަތޮޅު މިރުހުގެ 100 ގްރާމް 50ރ. އަށް ލިބެން ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމް 35ރ. އަށް ވެސް ލިބެން އެބަހުއްޓެވެ.
ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއް 15ރ. އާއި 20ރ. އާ ދެމެދު ލިބުނު ނަމަވެސް، މަޑުމަޑުން އަގު އުފުލި ކަރާ ކިލޯއެއް އެންމެ އަގުހެޔޮކޮށް ވެސް ލިބެނީ މިހާރު 25ރ. އަށެވެ.
ބާޒާރުގައި ދެން އަގު އުފުލުނު ބާވަތުގެ ތެރޭގައި ފަޅޯ ހިމެނެ އެވެ. މިގޮތުން ރަނގަޅު ފަޅޯ ކިލޯއެއް މިހާރު ލިބެންހުރީ 60ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އެހެން ރޯދަ މަސްތަކާ ހިލާފަށް މިފަހަރު މާލޭ ލޯކަލް މާރުކޭޓުގައި އެންމެ ތިޔާގީ ތަރުކާރީއަށްވުރެ މޭވާ އެވެ.
Comment