21 ފެބުރުވަރީ 2026 - 12:12 0
21 ފެބުރުވަރީ 2026 - 12:12 0
ރާއްޖޭގެ ކަނޑުދަތުރުފަތުރާއި މޫދު ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދޭ މެރިން ވައިބްއިން، ދުނިޔޭގެ މަޝްހޫރު "ކިކަރ" މެރިން އޯޑިއޯ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.
މިއީ ލޯންޗްފަހަރާއި ކަނޑު އުޅަނދުތަކަށް ހާއްސަކޮށްގެން، ކަނޑުގެ ގަދަ ވައިގެ އަޑާއި އިންޖީނުގެ އަޑުގެ ތެރެއިންވެސް އެންމެ ސާފުކޮށް މިއުޒިކް އަޑުއިވޭނެހެން ފަރުމާކޮށްފައިވާ ސިސްޓަމްތަކެކެވެ. މި މަރުކާގެ އެފްއެމް ރޭޑިއޯ ވެސް ލިބެން އެބަ ހުއްޓެވެ.
މެރިން ވައިބްސް އިން ބުނާ ގޮތުގައި، ކިކަރ ބްރޭންޑުގެ މި އުފެއްދުންތަކަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް، ހާއްސަކޮށް ފަތުރުވެރިން އުފުލާ ސަފާރީތަކާއި ލޯންޗްތަކަށް ވަރަށް އެކަށީގެންވާ ފެންވަރު ރަނގަޅު އުފެއްދުންތަކެކެވެ.
Comment