ފަހަކަށް އައިސް ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އެއް ބްރޭންޑަކީ "އޯލްޑްޓައުން ވައިޓް ކޮފީ" އެވެ. މި ކޮފީގެ ރަހަ ދިވެހިންގެ ހިތްތަކާ ކުޅެލާފައިވާއިރު، ހަގީގަތުގައިވެސް ފެންވަރު ރަނގަޅު ރަހަ މީރު ކޮފީއެކެވެ.
ބީއެޗްއެމް ޓްރޭޑާސް އިން އަންނަނީ އޯލްޑްޓައުން ވައިޓް ކޮފީގެ ހަ ވައްތަރެއްގެ "ތްރީ އިން ވަން" ކޮފީ ވިއްކަމުންނެވެ.
ލިބެން ހުރި ރަހަތަކަކީ، ގިނަ ބަޔަކަށް އެންމެ ކަމުދާ، ނަޓީ ރަހައެއް އެކުލެވޭ ހެޒަލްނަޓް ވައިޓު ކޮފީ، އޯލްޑުޓައުންގެ ސިގްނޭޗާ ރަހަކަމުގައިވާ ކްލެސިކް ވައިޓް ކޮފީ، އުއްދަނޑި ހަކުރާއެކު ތައްޔާރުކޮށްފައިވާ ކޮފީ، ހަކުރު މަދުން ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ކޮފީ، ވަރުގަދަ ރަހައެއް ބޭނުންވާ މީހުންނަށް އެކްސްޓްރާ ރިޗް ވައިޓް ކޮފީ އަދި ހަކުރު ނުލައި، ކޮފީއާއި ކްރީމާގެ ފުރިހަމަ ރަހަ ގެނެސްދޭ، ކޮފީ އެންޑް ކްރީމާ ހިމެނެ އެވެ.
"ދުވަހެއް ދުވަހަކަށް ކޮފީގެ މަގުބޫލްކަން އަންނަނީ އިރުވަމުން،" ބީއެޗްއެމްއިން ބުންޏެވެ.
މި ކޮފީގެ އަސްލު ގުޅިފައިވަނީ 1800 ގެ އަހަރުތަކާ އެވެ. މެލޭޝިއާގެ ޕެރަކް ސްޓޭޓުގެ އީޕޯގެ "މުސްކުޅި ސިޓީ" ގައި ވަޒަންވެރިވި ހައިނާނީން، ހުޅަނގުގެ ކޮފީ ރަހަތަކަށް ދިޔުމުގެ ބަދަލުގައި އަމިއްލަވަންތަ އުފެއްދުމެއް ތައްޔާރުކުރިއެވެ. ކޮފީ ބީން ރޯސްޓްކުރުމުގެ އުކުޅުތަކަށް ގެނައި ތަފާތު ބަދަލުތަކުގެ ނަތީޖާއަކީ މިއަދު މިބޯ "އޯލްޑްޓައުން ވައިޓް ކޮފީ" އެވެ.
އޯލްޑްޓައުން ވައިޓް ކޮފީގެ ރަހަ ތަފާތުވާ ސަބަބަކީ އެ ކޮފީ ތައްޔާރުކުރުމުގައި ބޭނުންކުރާ ތިން ބާވަތުގެ ކޮފީ ބީން އެވެ. އެއީ، އަރަބިކާ، ރޮބަސްޓާ އަދި ލައިބެރިކާ އެވެ. މި ތިން ބާވަތް އެއްކޮށްލައިގެން، ހާއްސަ މިންގަނޑުތަކަކަށް ރޯސްޓްކޮށްގެން ނެރޭ ރަހައަށް ގިނަ ބަޔަކު ވަނީ ދެވިހިފައިފަ އެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މި ބްރޭންޑް އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް އެ ރަހައަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ.
ކޮންމެ ވަގުތަކަށް ވެސް ބޭނުންކޮށްލެވޭ މި ކޮފީގެ މީރު ރަހަ ތަޖުރިބާކޮށްލަން ބޭނުންނަމަ، ކައިރީގައި ހުރި ފިހާރައަކުން ނުވަތަ ބީއެޗްއެމް ލިބޭނެ އެވެ.
Comment