Advertisement

ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ސާމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

މާލޭގައި ހުންނަ ދިވެހި ބަހުގެ އެކަޑެމީގެ އިމާރާތް -- ފޮޓޯ: އަދަދު


ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ސާމާސާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ

މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަމާސާާ އަދަބުގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަން ދިވެހި ބަހުގެ އެކަޑެމީން ނިންމައިފި އެވެ.

ދިވެހި ބަހުގެ އެކަޑެމީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ މީހުން ފެބްރުއަރީ 1، ގެ މެންދުރުފަހު 1:00 ގެ ކުރިން އެ އެކަޑެމީއަށް ޅެން ފޮނުވުމަށް އެދޭ ކަމަށެވެ.

ޅެން ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށް ނުވަތަ ދިވެހި ބަހުގެ އެކަޑެމީގެ ކައުންޓަރާ ހަވާލު ކޮށްގެން ކަމަށް އެ އިއުލާނުގައި ބުންޏެވެ. އީމެއިލް ކުރާނަމަ، ވޯޑު ނުވަތަ ޕީޑީއެފް ފައިލް ހިމެނުމަށްފަހު މެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ޅެން ހުށަހަޅާއިރު، ޅެން ހުށަހަޅާ މީހާގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ޖަހަން ޖެހެ އެވެ. އަދި ޅެމާއެކު އެ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.

އެ މުބާރާތުގައި ބައިވެރިކުރާ ޅެންތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި ޅެމުގައި ހިމެނިގެން ނުވާނޭ ކަންކަމުގެ އިތުރުން މުބާރާތުގައި އިންސާފު ކުރާނެ ގޮތާއި މިންގަނޑުތައް އެ އިއުލާނާއެކު އެއް ހީރަސް ކޮށްފައިވެ އެވެ.

އެގޮތުން މުބަރާތަށް ހުށަހަޅާ ޅެންތަކުގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ ކަމަށް އެ އިއުލާނުގައި ބަޔާން ކޮށްފައިވެ އެވެ.