Advertisement

މަލިކުގައި ދިވެއްސާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓައިލުމާ ދެކޮޅަށް ވަގުތީ އަމުރެއް

10 ޖޫން 2025 - 13:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެކަމާ ދެކޮޅަށް އަޑުއުފުލައި މަލިކު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން: މަލިކު މީހުން ގަބޫލުކުރަނީ އެ މީހުން ޝަހުސު ފޮހެލަން އުޅޭ ކަމަށް --


މަލިކުގައި ދިވެއްސާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓައިލުމާ ދެކޮޅަށް ވަގުތީ އަމުރެއް

10 ޖޫން 2025 - 13:31 0

ދިވެހިރާއްޖޭގެ އުތުރުން އޮންނަ ލަކްޝަދީބުގެ ވެރިކަން ކުރާ މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓައިލަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ކެރެލާގެ ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މަލިކުގެ ސްކޫލްތަކުގެ މަންހަޖުން ދިވެހި ބަހާއި އަރަބި ބަސް އުނިކުރީ މާޗު 29، ގައި ސްކޫލްތައް ބަންދުކުރުމުންނެވެ. އެ ބަދަލު ގެނައީ ބެލެނިވެރިންނާއި ސްކޫލްތަކުގެ މެނޭޖުމެންޓުގެ އިތުރުން ޓީޗަރުންނާ ވެސް މަޝްވަރާ ނުކޮށެވެ.

ލަކްޝަދީބު ސަރުކާރާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅީ އިންޑިއާގެ ނޭޝަނަލް ސްޓޫޑެންޓްސް ޔޫނިއަންގެ ލަކްޝަދީބު ޔުނިޓުގެ ރައީސް އަޖަސް އަކްބަރު އެވެ.

އެ ނިންމުމަށް އަމަލު ކުރުން ހުއްޓުވުމަށް ކެރެލާގެ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރުނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އަވަސް އަރުވާލައިގެން އެ ނިންމުން ތަންފީޒު ކުރަން އުޅުމުންނެވެ.

ލަކްޝަދީބު ސަރުކާރަށް އެ ނިންމުން ނިންމުމުގައި އެއްވެސް ދިރާސާއެއް ހަދާފައިވާ ކަމުގެ ހެއްކެއް ކޯޓުގައި ދެއްކިފައި ނުވެ އެވެ. މަލިކުގެ ސްކޫލްތަކުގައި ކެރެލާ ހައި ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އަލުން ކިޔަވައިދޭން ވަނީ ފަށާފަ އެވެ.

ދިވެއްސާއި އަރަބީގެ ބަދަލުގައި ކިޔަވައިދޭން ނިންމީ ހިންދީ ބަހެވެ. މަލިކުގައި ވާހަކަ ދައްކާ ރަސްމީ ބަހަލީ ދިވެހި ބަސް ނުވަތަ މަހަލް ބަހެވެ. މަލިކު މީހުން ލިޔެ އުޅެނީ ވެސް ތާނަ އަކުރު ބޭނުން ކޮށްގެންނެވެ.

މަލިކަކީ މީގެ ކުރިން ރާއްޖޭގެ އަތޮޅެއް ކަމަށް މުއައްރިހުން ވިދާޅުވެ އެވެ. މަލިކަކީ ރަސްމީކޮށް އިންޑިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅުނީ އިންޑިއާ މިނިވަންވުމަށްފަހު ނެގުނު ސިއްރު ވޯޓަކުން ކަމަށް ބުނެވެ އެވެ. ނަމަވެސް އެ ވޯޓު ނެގި ހަނދާނެއް މިހާރު ދުނިޔޭގައި ތިބި މަލިކުގެ ދުވަސްވީ މީހުންގެ ހުރިކަމަކަށް ނުވެ އެވެ.