Advertisement

އާ އަހަރާ ދިމާކޮށް މި އަހަރު ވެސް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

މާލޭގެ މަގެއްގެ މަތި ޕެޓްރޯލް ކުރުމުގައި ދެ ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު


އާ އަހަރާ ދިމާކޮށް މި އަހަރު ވެސް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އާ އަހަރާ ދިމާކޮށް މި އަހަރު ވެސް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް އިއްޔެ މާލޭގައި ފަަށައިފި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ގިނަ އަަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި، މަގުމަތިން ހުއްޓުވައި ސުވާލުކޮށް ވެހިކަލް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ރިވެލި ގެ ނަމުން ނަން ދީފައިވާ އެ އޮޕަރޭޝަންގައި އެންމެ އިސްކަމެއް ދޭނީ ވައްކަމާއި ފޭރުން ހުއްޓުވުމަށާއި ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށް ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން ސައިލެންސަރު މޮޑިފައި ކޮށްގެން ސައިކަލު ދުއްވާ މީހުންނާއި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅޭ މީހުން ވެސް މަގުމަތިން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރު ކޮށްފައިވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް އާ އަހަރާ ދިމާކޮށް ފުލުހުން ހާއްސަ އޮޕަރޭޝަންތައް ހިންގަ އެވެ.