about 2 hours 0
މުހައްމަދު ޝަހްޒާން
13 އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު
about 2 hours 0
މަރާލާފައި ފޮށްޓަކަށްލައި ހުޅުމާލެ ފަޅު ތެރެއަށް އެއްލާލާފައި އޮތް 13 އަހަރުގެ ފިރިހެން ކުއްޖާ، މެރުމުގެ ކުށް އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. މިދިޔަ އަންގާރަ ދުވަހު ޖުވެނައިލް ކޯޓުން ވަނީ އެ ހުރިހާ ދައުވާއެއް ވެސް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފަ އެވެ.
ޖުވެނައިލް ކޯޓުން ހުކުމް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި 16 އަހަރާއި 10 މަހާއި ހަތް ދުވަހު އެ ކުއްޖާ ބަންދުކުރުމަށެވެ.
އަދި، އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި ހަތަރު އަހަރާއި ހަ މަހާއި ދެ ދުވަސް އުނިކުރުމުން ބަންދުގައި ދެން އިތުރަށް ހޭދަކުރަންޖެހޭނެ މުއްދަތަކީ 12 އަހަރާއި ހަތަރު މަހާއި ފަސް ދުވަސް ކަމަށް ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފަން ވެސް އެ ކޯޓުން ހުކުމް ކުރި އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށް އޭނާ މައްޗަށް ސާބިތުވެފައި ވާތީ، އެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާފައިވާ އިބްރާހިމް ޒިހާން، ނ. ލަންދޫ، ގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމެއް އިއްވުމުން މަރުގެ ދިޔައާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް އެ ކޯޓުން އެންގި އެވެ.
އޭގެއިތުރުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި ނުވަ ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި އެ ކުއްޖާ ބަންދުކުރުމަށް ޖުވެނައިލް ކޯޓުން ހުކުމްކުރި އެވެ. އަދި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އެ ކޯޓުން ހުކުމް ކުރި އެވެ.
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލުމަށްފަހު ފޮށްޓަކަށް ލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ ޖޫން 22، 2021 ވަނަ ދުވަހުގެ ދަންވަރު 2:00 ހާއިރު އެވެ.
އެ މައްސަލައިގައި ޒިހާން އާއި 17 އަހަރުގެ ކުޑަކުއްޖާ ހައްޔަރުކުރީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއެއްގައި ފިލާ ތިއްބަ އެވެ.
އެ މައްސަލައިގައި ޒިހާންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަށް ދައުވާ އެކެވެ. އެއީ:
ޒިހާން އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެއް ކަން ރަސްމީ ލިއުންތަކުން އެނގެ އެވެ.
Comment