about 23 hours 0
about 23 hours 0
ބޭރު ގައުމުތަކުގައި ގާއިމުވެތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ދިވެހިން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ތަހުގީގު ހިންގުމަށް ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފު ވިދާޅުވީ މިފަދަ ފަރާތްތައް އެންމެ ގިނައިން ހަރަކާތްތެރިވަނީ ދެކުނުއިރުމަތީ އޭޝީއާގެ ގައުމުތަކުގައި ކަމަށެވެ.
އެއީ ތައިލޭންޑް މެލޭޝިއާ ފަދަ ދިވެހިން ގިނަ އަދަދަކަށް އުޅޭ ގައުމުތަކެކެވެ. އެ މީހުން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަނީ އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށެވެ.
ވަކިން ހާއްސަކޮށް ބަދިގޭގެ ސާމާނާއި އިލެކްޓްރޯނިކް ސާމާނުގައި މަސްތުވާތަކެތި ރައްކާ ކުރުމަށް ފަހު ރާއްޖެއަށް ފޮނުވާ ކަމަށް ފުލުހުން ބުންޏެވެ.
"ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ގާއިމުވެގެން ތިބި ކަމުގައިވީނަމަވެސް މިފަދަ ޖިނާއީ ކުށް ކުރާ ފަރާތްތަައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް އަޅުގަނޑުމެން އެ ފަރާތްތައް ރާއްޖެއަށް ގެނެސްގެން ތަހުގީގު ހިންގާނަން،" ނާއިފު ވިދާޅުވި އެވެ.
މިހާރު ވެސް ތަހުގީގުތަކުގެ ތެރެއިން ގައުމުތަކާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަސާއި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު ރާއްޖެއަށް އެތެރެކުރަން އުޅުނު 498 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ.
Comment