Advertisement

އެމްއެޗްއޭއިން އައިސްކްރީމްގެ ބޮޑު ސޭލެއް

24 ޑިސެންބަރު 2025 - 10:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއެޗްއޭއިން އައިސްކްރީމްގެ ބޮޑު ސޭލެއް

24 ޑިސެންބަރު 2025 - 10:03 0

ދުނިޔޭގެ އެންމެ މަގުބޫލު އެއް އައިސްކްރީމް ބްރޭންޑް ކަމަށްވާ ހާގެން-ޑާޒް ގެ ބޮޑު ސޭލެއް ފަށައިފި އެވެ.

އެމްއެޗްއޭއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އެ ބްރޭންޑްގެ އެކި ބާވަތްތަކުގެ އައިސްކްރީމުން ވަނީ 50 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ދީފައެވެ.

މި ސޭލްގައި ކުރިން 36ރ. އާއި 50ރ. އާ ދެމެދު ލިބެން ހުރި ކަޕްތަކާއި، 45ރ. އަށް ލިބެން ހުރި ސްޓިކް 20ރ އަށް ލިބެން އެބަ ހުއްޓެވެ. މީގެ ތެރޭގައި ކުކީސް އެންޑް ކްރީމް، ސްޓްރޯބެރީ ޗީޒްކޭކް، މެޗާ ގްރީން ޓީ، އަދި ސޯލްޓެޑް ކެރަމަލް ފަދަ މަގުބޫލު ފްލޭވަތައް ހިމެނެއެވެ.

އާއިލީ ބައްދަލުވުންތަކަށް ހާއްސަ 473އެމްއެލްގެ ޕައިންޓްތަކުގެ އަގު ވަނީ 130-150 ރުފިޔާ އިން 75ރ. އަށް ވަނީ ހެޔޮކޮށްފައެވެ. އަދި މަލްޓިޕެކްތައް އެންމެ 60 ރ. މިހާރު ލިބެ އެވެ.

މި ޕްރޮމޯޝަނަކީ ރީޓެއިލް ކަސްޓަމަރުންނަށް އެކަނި ހާއްސަކޮށްގެން، ވަކި މުއްދަތަކަށް ކުރިއަށްގެންދާ ސޭލްއެކެވެ.

އެމްއެޗްއޭއިން ބުނި ގޮތުގައި ގޮތުގައި މި އޮފާ ކުރިއަށްދާނީ ސްޓޮކް ހުރި މިންވަރަކަށެވެ. އެހެންކަމުން، މި ބޮޑު ޑިސްކައުންޓްގެ ބޭނުން ހިފުމަށް ވީހާވެސް އަވަހަކަށް ވިޔަފާރި ކުރެއްވުމަށް އެދެ އެވެ.