Advertisement

އެމްއެޗްއޭއިން "ޑރ. އޮޓްކާ"ގެ ޕިއްޒާ އަގުހެޔޮކޮށްފި

5 ނޮވެންބަރު 2025 - 10:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއެޗްއޭއިން "ޑރ. އޮޓްކާ"ގެ ޕިއްޒާ އަގުހެޔޮކޮށްފި

5 ނޮވެންބަރު 2025 - 10:37 0

ޕިއްޒާއަށް ލޯބިކުރާ މީހުންނަށް އުފާވެރި ހަބަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު ހޯލްސޭލް އަދި ރީޓެއިލް އެއް ކުންފުނި، އެމްއެޗްއޭއިން އެތެރެކޮށް ވިއްކާ މަޝްހޫރު އަދި ރަހަމީރު، "ޑރ. އޮޓްކާ" މަރުކާގެ ފްރޯޒެން ޕިއްޒާގެ އަގު ހެޔޮކޮށްފި އެވެ.

އެމްއެޗްއޭއިން ވިއްކަނީ ޑރ. އޮޓްކާ މަރުކާގެ ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަންގެ އިތުރުން ރިސްޓޮރަންޓޭ މާގަރީޓާ އެވެ. މީގެ ކޮންމެ ވައްތަރެއްގެ ޕިއްޒާއެއް ވެސް މިހާރު 75ރ. އަށް ލިބެން އެބަ ހުއްޓެވެ.

މިއީ ރެޑީމޭޑު ޕިއްޒާއަށް ވާތީ، ކާހިތްވުމާއެކު އައިސް އަލަމާރިން ނަގައި އަވަނުން ހޫނުކޮށްލުމަށް ފަހު ކާންވީ އެވެ. އަނގަޔަށް މީރު މި ވައްތަރުތަކުން، އިޓަލީގެ ރަހަތައް އިހުސާސް ކުރުވައިދެ އެވެ.

ޓްރެޑިޒިއޮނަލް ކަލެކްޝަނުގައި މޮޒަރެއްލާ އެންޑް ޕެސްޓޯގެ 385 ގްރާމްގެ ޕިއްޒާ އާއި ސްޕިނެޗް އެންޑް ރިކޯޓާގެ 415 ގްރާމްގެ ޕިއްޒާ އެމްއެޗްއޭއިން ލިބެ އެވެ.

އެމްއެޗްއޭ އިން ލިބޭ ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަނުގައި މޮޒަރެއްލާގެ 335 ގްރާމް ޕިއްޒާ، ސްޕިނެޗްގެ 390 ގްރާމް ޕިއްޒާ، ޕެޕަރޯނީގެ 320 ގްރާމް ޕިއްޒާ އަދި ސްޕެޝަލްގެ 345 ގްރާމް ޕިއްޒާ ހުރެ އެވެ. އޭގެއިތުރުން ރިސްޓޮރަންޓޭ މާގަރީޓާ ކަލެކްޝަންގައި ހިމެނޭ 295 ގްރާމުގެ މާގަރީޓާ ޕިއްޒާ ވެސް އެމްއެޗްއޭއިން ލިބެ އެވެ.

މިއީ ކޮންމެ ގަޑިއެއްގެ ކެއުމަށް ވިޔަސް، ހަފުތާ ބަންދުގެ ޓްރީޓެއް ނުވަތަ އާއިލާ އާއި އޮފީސްތަކުގެ ޕާޓީތަކަށް ވެސް ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޕިއްޒާ އެވެ.

ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.

އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހުޅުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅު މަގުގަ އެވެ.