Advertisement

މި މަހު އެމްއެޗްއޭއިން ރަމެން، ޕިއްޒާ، ޕާސްޓާ އަދި އައިސް ކްރީމްގެ އެކި އޮފާތައް

2 ސެޕްޓެންބަރު 2025 - 12:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މި މަހު އެމްއެޗްއޭއިން ރަމެން، ޕިއްޒާ، ޕާސްޓާ އަދި އައިސް ކްރީމްގެ އެކި އޮފާތައް

2 ސެޕްޓެންބަރު 2025 - 12:13 0

މި ހިނގާ ސެޕްޓެމްބަރު މަހު އެމްއެޗްއޭ އިން ޕިއްޒާ، ޕާސްޓާ އަދި އައިސް ކްރީމްގެ ތަފާތު އޮފާތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މުޅި މި މަހަށް ދެމިގެންދާ އޮފާގެ ދަށުން އޮޓޯގީ ރަމެންއެއް ގަނެގެން ޖިން ރަމެން ސްޕައިސީ ބައުލްއެއް ހިލޭ ލިބޭނެ އެވެ.

އެމްއެޗްއޭއިން ލިބޭ އޮޓޯގީ ރަމެންގެ ފްލޭވާގެ ތެރޭގައި ޖިން ރަމެންގެ އިތުރުން ކިމްޗީ ރަމެން، ސްޓާ ފްރައި ޗީޒް ރަމެން، ޔެއުލް ރަމެން އަދި ޗީޒް ރަމެން ހިމެނެ އެވެ.

އެމްއެޗްއޭއިން ލިބޭ ރެޑީމޭޑް ޕިއްޒާ، ޑރ. އޮއެޓްކާ ރިސްޓޯރެންޓޭ އަދި ޓްރެޑިޒިއޮނަލް ޕިއްޒާގެ އަގު އެ ފިހާރައިން ވަނީ 99ރ. އަށް ދަށްކޮށްފަ އެވެ.

އެެ ފިހާރައިން ލިބޭ ޕިއްޒާ ފްލޭވާތަކުގެ ތެރޭގައި މާގަރީޓާ، މޮޒަރެއްލާ، ޕެޕަރޯނީ، ސްޕިނެޗް، ސްޕެޝާލް، ޓްރެޑިޒިއޮނަލް މޮޒަރެއްލާ އެންޑް ޕެސްޓޯ އަދި ޓްރެޑިޒިއޮނަލް ސްޕިނެޗް އެންޑް ރިކޯޓާ އެވެ.

އޮފާތަކުގެ ތެރޭގައި ހާގެން-ޑޭޒް އައިސް ކްރީމްގެ އަގުވެސް އޮފާގެ ދަށުން އެމްއެޗްއޭއިން ވަނީ ދަށްކޮށްފަ އެވެ. އެގޮތުން އެ ބްރޭންޑުގެ އައިސް ކްރީމްގެ ބްލޫބެރީ އެންޑް ކްރީމް، މާޗާ ގްރީން ޓީ، ޕިސްޓާޗިއޯ އެންޑް ކްރީމް، މެކަރޮން ޑަބަލް ޗޮކްލެޓް ގަނާޗް އަދި މެކަރޮން ޔޫޒޫ ލެމަން ފްލޭވާ މި މަހު އަގުހެޔޮވާނެ އެވެ.

މީގެއިތުރުން ޕާސްޓާ އާއި ޕިއްޒާ ސޯސްތަކުގެ އަގުތައް ވެސް ވަނީ ދަށްކޮށްފަ އެވެ. އޭގެ ތެރޭގައި އަރާބިއާޓާ، ގާލިކް އެންޑް ހާބް، ތުރީޗީޒް، ޓްރެޑިޝަނަލް އަދި ޕިއްޒާ ސޯސް ކްލެސިކް ހިމެނެ އެވެ. އަދި އެގްނެސީގެ 500 ގްރާމް ސްޕެގެޓީގެ އަގުވެސް ވަނީ ދަށްކޮށްފަ އެވެ.

ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.

އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހުޅުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅު މަގުގަ އެވެ.