Advertisement

ލޯކާއަށް 100 އަހަރު ފުރުން ހުކުރު ދުވަހު ހުޅުމާލޭގައި ފާހަގަކުރަނީ

ލޯކާގެ މެސްކޮޓެއް ޔޫރޯ ސްޓޯރު ފިހާރައެއް ކައިރީގައި -- ފޮޓޯ: ޔޫރޯ ސްޓޯރު


ލޯކާއަށް 100 އަހަރު ފުރުން ހުކުރު ދުވަހު ހުޅުމާލޭގައި ފާހަގަކުރަނީ

ޔޫރޯ ސްޓޯރުން ރާއްޖެއަށް އެތެރެކޮށް މާކެޓުކުރާ މަޝްހޫރު ވެފާ ބްރޭންޑް، ލޯކާ އަށް 100 އަހަރު ފުރުން ހުކުރު ދުވަހު ހުޅުމާލެ ޔޫތު ޕާކް (ރެޑްބުލް ސްކޭޓް ޕާކް) ގައި ފާހަގަކުރަން ތައްޔާރުވެއްޖެ އެވެ.

ލޯކާގެ އަހަރީ ދުވަސް ފާހަގަކުރަން ހުޅުމާލެ ސްކޭޓް ޕާކުގައި ބާއްވާ ހަރަކާތް ކުރިއަށް ގެންދަން ތައްޔާރުވަމުންދަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.

ޔޫރޯ ސްޓޯރުން ބުނީ އެ ހަރަކާތަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

ހަރަކާތުގައި އެކްޓިވިޓީ ޒޯނެއް ހިމެނޭއިރު ތަފާތު ގޭމްތައް ވެސް ކުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އޭގެއިތުރުން ލޯކާގެ މެސްކޮޓްތައް ވެސް ހަރަކާތުގެ ތެރެއިން ދައްކާލާނެ އެވެ.

ލޯކާގެ އައު އުފެއްދުންތަކުގެ ސާމްޕްލިންގެ ރަހަ ބަލާލުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ހަރަކާތުގެ ތެރެއިން ލިބިގެންދާނެ ކަމަށް ޔޫރޯ ސްޓޯރުން ބުންޏެވެ.

ލޯކާއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގައި ޔޫރޯ ސްޓޯރުގެ ފިހާރަތައް ހުންނަ ރަށްރަށުގައި ސާމްޕްލިން އިވެންޓްތައް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

ލޯކާގެ އަހަރީ ދުވަހާ ގުޅުވައި ދުނިޔޭގެ އެކި ކަންކޮޅުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް ޔޫރޯ ސްޓޯރުން ވަނީ ހުޅުމާލެ ސްކޭޓް ޕާކުގެ ފާރުގައި މިދިޔަ އޮކްޓޯބަރު މަހު މިއުރަލް ކުރެހުމެއް ކުރަހާފަ އެވެ.

ލޯކާގެ އުފެއްދުންތައް، ޔޫރޯ ސްޓޯރުން ރާއްޖެ އަށް މާކެޓްކޮށް ވިއްކަން ފެށީ މީގެ 12 އަހަރު ކުރިންނެވެ.

ކުޑަކުޑަ ޕޭސްޓްރީ ޝޮޕަކުން ފެށި ލޯކާ ބްރޭންޑަށް 100 އަހަރު ފުރޭއިރު، އެ ބްރޭންޑުގެ ދަށުން ވިއްކާ ވޭފާގެ ބާވަތްތައް ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން މިހާރު ލިބެން ހުރެ އެވެ.