Advertisement

ލޯކާގެ ރަހައިން ބުނެދޭ ވާހަކަތައް ފުރިހަމަ

24 ނޮވެންބަރު 2025 - 09:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ލޯކާގެ ރަހައިން ބުނެދޭ ވާހަކަތައް ފުރިހަމަ

24 ނޮވެންބަރު 2025 - 09:53 0

ލޯކާ ވޭފާގެ ހިތްގައިމު ރަހަ އާއި އޭގެން ބުނެދޭ ވާހަކަ ފުރިހަމަ އެވެ. ކޮންމެ ވޭފާ ފަށަލައެއް ޖަހާފައި ވަނީ އިންސާނުންނަށާއި، ތިމާވެށްޓަށް، އަދި އަންނަން އޮތް ޖީލުތަކަށް ރަނގަޅު މިންގަނޑުތަކުގެ މައްޗަށެވެ. ގަރުނެއް ވެފައިވާ އިޓަލީގެ މި އުފެއްދުމުގެ ރަހައަށް ބަދަލެއް ނައުމުގެ ސިއްރަކީ މިއެވެ.

ލޯކާއިން ދުޅަހެޔޮ ކަމަށް ވަރަށް ބޮޑު އިސްކަންދެ އެވެ. މި އުފެއްދުމުގައި ހަކުރުގެ މިންވަރު މަދެވެ. ތައްޔާރީ ރަހަތަކާއި އެފަދަ ކުލަތައް، ޕްރެޒަވޭޓިވްއެއް ބޭނުމެއް ނުކުރެ އެވެ. އެހެންވެ، މި ވޭފާއަކީ، ހާސް ކަމެއް ނެތި އޭގެ ރަހައަށް އިންސާފު ކުރެވޭނެ އުފެއްދުމެކެވެ. އަދި މިއީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭ ކުޑަކުދިން ގަޔާވާނެ ލުއި ކާނާއެކެވެ.


މި އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލް، އެކުއެޑޯގެ ދަނޑުތަކުން ފެށިގެން މަޑަގަސްކަރަ، އަދި އިޓަލީން ހޯދަނީ ޒިންމާދާރު އުސޫލާއި ހަމަތަކުންނެވެ. ހެޒަލްނަޓު އިޓަލީން ހޯދާއިރު، ކޮކޯ ބީންސް ހޯދަނީ އެކުއެޑޯ އާއި އައިވަރީ ކޯސްޓްގެ އާއިލީ މަސައްކަތެއްގެ ގޮތުގައި ދަނޑުވެރިކަން ކުރާ މީހުންގެ އަތުންނެވެ.

ބޭނުންވާ ކިރު އުފައްދަނީ، ޖެނެޓިކަލީ މޮޑިފައިޑް ނޫން ކާނާ ދޭ ގެރިތަކުންނެވެ. ލޯކާ ފިހަން ބޭނުންވަ އަވަންތައް ހިންގަނީ ތެޔޮ އަންދައިގެން އުފައްދާ ކަރަންޓަކުންނެވެ. ސޯލާ އެނާޖީންނެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ، އަދި ހާއްސަކޮށް ދިވެހިރާއްޖެ ރައްކާތެރިވުމަށް ކުރާ މަސައްކަތުގެ ހެއްކެވެ.

ލޯކާގެ އުފެއްދުންތަކުގައި ބޭނުންކުރާ ކަރުދާސް އުފައްދާފައި ވަނީ ރީސައިލްކުރެވޭ ތަކެތިންނެވެ. އެހެންވެ މިއީ ޕްލާސްޓިކް ކުނި މަދުކޮށް، ތިމާވެށްޓަށް ކުރާ އަސަރު ކުޑަކޮށްދޭނެ ކަމެކެވެ.

ލޯކާގެ ގަރުނެއްގެ ދިގު ދަތުރާއި ބަދަލެއް ނުވި ރަހައިގެ ސިއްރަކީ މި ކަންކަމެވެ. ފެންވަރު ރަނގަޅު މި އުފެއްދުން ރާއްޖެ އަށް އެތެރެކޮށް ވިއްކަނީ ޔޫރޯ ސްޓޯރުންނެވެ.