Advertisement

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި އެމެރިކާ ސަފީރު ބައްދަލުކުރައްވައިފި

3 ޑިސެންބަރު 2025 - 15:26 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަލާމް ކުރައްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުން


މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި އެމެރިކާ ސަފީރު ބައްދަލުކުރައްވައިފި

3 ޑިސެންބަރު 2025 - 15:26 1

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން އާއި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله މިއަދު ބައްދަލުކުރައްވައިފި އެވެ.

އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ މިއަދު މަޖިލީހުގެ އިދާރާގަ އެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ހޫގޯ ޔޮން އަބްދުއްރަހީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

އެ ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮންއަކީ އެ ގައުމާއެކު 1966 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން، ރާއްޖެއަށް ހާއްސަކޮށް ހަމަޖެއްސި ފުރަތަމަ އެމްބަސެޑަރެވެ. ރާއްޖޭގެ އެމްބަސެޑަރުގެ މަގާމަށް އޭނާ ހަމަޖެއްސީ ސެޕްޓެމްބަރު، 2023، ގަ އެވެ.