Advertisement

އިރާނަށް ބޮން އަޅަން ފުރަތަމަ ހަ ދުވަހު އެކަނިވެސް އެމެރިކާއިން 11.3 ބިލިއަން ޑޮލަރު ހޭދަކުރި

about 3 hours 0


އިރާނަށް ބޮން އަޅަން ފުރަތަމަ ހަ ދުވަހު އެކަނިވެސް އެމެރިކާއިން 11.3 ބިލިއަން ޑޮލަރު ހޭދަކުރި

about 3 hours 0

އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން އަންދާޒާކޮށްފި އެވެ.

މި މައުލޫމާތު ވަނީ ސެންޓަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައި ހިއްސާކޮށްފަ އެވެ. ނަމަވެސް މިއީ ހަނގުރާމައިގެ ޖުމްލަ ހަރަދު ނޫން ކަމަށާއި، ހަނގުރާމައިގެ އިތުރު ތަފުސީލު ހޯދުމަށް ސެނެޓަރުންނާއި ކޮންގްރެސްގެ މެންބަރުން ބާރުއަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަނގުރާމައަށް ބޭނުންވާ އިތުރު 50 ބިލިއަން ޑޮލަރު ހޯދުމަށް ވައިޓް ހައުސްއިން ވަރަށް އަވަހަށް ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ.

އެމެރިކާ ސަރުކާރުން މިހާތަނަށް ހަނގުރާމައިގެ ޖުމްލަ ހަރަދާއި ނުވަތަ ހަނގުރާމަ ދެމިގެންދާނެ މުއްދަތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރައީސް ޑޮނާލްޑު ޓްރަމްޕް ވަނީ އެމެރިކާއިން ހަނގުރާމަ ކާމިޔާބު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕު މިހެން ވިދާޅުވި ނަމަވެސް ހަމަލާތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ނުދެއްވަ އެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރި ކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 2،000 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އީރާނާއި ލުުބުނާނުގެ ރައްޔިތުންނެވެ.