Advertisement

އެމްޓީވީ މޯބައިލްއަށް ސަބްސްކްރައިބް ކޮށްގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު

30 ނޮވެންބަރު 2025 - 12:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްޓީވީ މޯބައިލްއަށް ސަބްސްކްރައިބް ކޮށްގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު

30 ނޮވެންބަރު 2025 - 12:58 0

މީޑިއާނެޓްގެ އެމްޓީވީ މޯބައިލްއަށް އަލަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ޕެކޭޖް ރިނިއުކޮށްގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާނެޓުން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 31، ގެ ނިޔަލަށް ކުރިއަށްދާ ގިވްއަވޭގައި އެމްޓީވީ މޯބައިލްގެ ޕެކޭޖެއް 50ރ. އަށް ސަބްސްކްރައިބް ކޮށްގެން ބައިވެރިވެވޭނެ އެވެ.

ގިވްއަވޭގައި ހިމެނޭ އިނާމުތައް:

  • އެއްވަނައަށް ބަޓިކް އެއާއިން ދެ މީހަކަށް މެލޭޝިއާގެ ދެކޮޅު ޓިކެޓާއި ހަތް ދުވަހުގެ ހުރުން.
  • ދެވަނަ އިނާމަކަށް ސެމްސަންގް ގެލެކްސީ S25 އަލްޓްރާ
  • ތިންވަނަ އިނާމަކަށް އަރާމު ހޮލިޑޭސްގައި ދެ ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ދެ މީހަކަށް
  • ހަތަރުވަނަ އިނާމަކަށް ބާސެލޯސް ނަސަންދުރާގައި ދެ މީހަކަށް ރޭގަނޑު ކެއުން
  • ފަސްވަނަ އިނާމަކަށް ލިންކްސާވް އިން ހިކްވިޝަން 2MP މިނީ ސީރީޒްގެ ކެމެރާ ކިޓެއް

އެމްޓީވީ ސްޓާޓާ، އެމްޓީވީ ކޮމްބޯ، ވީޑިއޯ ކްލަބް އަދި ސީޒަން ޕާސް ޕެކޭޖަށް ސަބްސްކްރައިބްކުރާ އެންމެންނަށް ވެސް ގިވްއަވޭއަށް އެލިޖިބަލްވާނެ އެވެ. ކޮންމެ ސަބްސްކްރިޕްޝަނަކީ އެންޓްރީއެކެވެ.

ގިވްއަވޭގައި ގިނައިން ޕޮއިންޓް ލިބޭ މީހުންނަށް އިނާމުތައް ހޯދުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

މިގޮތުން އެމްޓީވީ ކޮމްބޯ އެއް އަހަރަށް ނަގާ ފަރާތްތަކަށް 24 ޕޮއިންޓް ލިބޭއިރު އެމްޓީވީ ކޮމްބޯ ހަ މަހަށް އަދި ވީޑިއޯ ކްލަބް އެއް އަހަރަށް ނަގައިގެން 12 ޕޮއިންޓް ލިބެ އެވެ. އަންލިމިޓެޑް ސްޕޯޓްސް ނަގައިގެން 10 ޕޮއިންޓް ލިބޭއިރު، އެންމެންނަށް ލަލީލާ ޕެކޭޖް ނަގައިގެން ފަސް ޕޮއިންޓް ލިބެ އެވެ.

މީގެއިތުރުން އެމްޓީވީ ކޮމްބޯ ތިން ހަމަ ނަގައިގެން ހަ ޕޮއިންޓް ލިބޭއިރު އެމްޓީވީ ކޮމްބޯ އެއް މަހަށް ނަގައިގެން ލިބެނީ ދެ ޕޮއިންޓެވެ. ވީޑިއޯ ކްލަބް އެއް މަހަށް ނަގައިގެން އަދި އެމްޓީވީ ސްޓާޓާއަށް އެއް ޕޮއިންޓް ލިބެ އެވެ.

މީޑިއާނެޓުގެ އެމްޓީވީ މޯބައިލް މެދުވެރިކޮށް ޓީވީތަކުން ކޮންޓެންޓުތައް ބެލުމުގެ ބަދަލުގައި ފޯނުން ހަމަޖެހިލައިގެން އޮވެ ކޮންޓެންޓުތައް ބަލައިލުމުގެ ފުރުސަތު ލިބެ އެވެ.