Advertisement

މީޑިއާނެޓްގެ ސްޕޯޓްސް ޕެކޭޖް ނަގައިގެން އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑުގެ މެޗެއް ބަލާލުމުގެ ފުރުސަތު

30 ނޮވެންބަރު 2025 - 10:13 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މީޑިއާނެޓްގެ ސްޕޯޓްސް ޕެކޭޖް ނަގައިގެން އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑުގެ މެޗެއް ބަލާލުމުގެ ފުރުސަތު

30 ނޮވެންބަރު 2025 - 10:13 2

މީޑިއާނެޓުން ކުރިއަށް ގެންދާ "ސޯފާއިން ދަނޑަށް" ޕްރޮމޯޝަންގެ ދަށުން ސްޕޯޓްސް ޕެކޭޖް ނަގައިގެން އިތުރު މީހެއް ގޮވައިގެން އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑުގެ މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާނެޓުން ބުނީ "ސްޕޯޓްސް އެޑްއޮން"، "ވޯންޓްއިޓްއޯލް" އަދި "PL4K" ޕާސް ސަބްސްކްރައިބް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

މިހާރު "PL4K" ސަބްސްކްރައިބް ކޮށްފައި ތިބި ކަސްޓަމަރުން އޮޓޮމެޓިކުން ޑްރޯއަށް އެލިޖިބަލްވާއިރު، PL4K އަށް ސަބްސްކްރައިބްކުރާ ކޮންމެ މީހަކަށް ހަތަރު އެންޓްރީ ލިބެ އެވެ.

ނަމަވެސް ސްޕޯޓްސް އެޑްއޮން އަދި ވޯންޓްއިޓްއޯލް އަށް ސަބްސްކްރައިބް ކޮށްގެން ކޮންމެ މީހަކަށް ވެސް ލިބޭނީ އެންމެ އެންޓްރީއެކެވެ.

ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިތުރު މީހަކާއެކު މެންޗެސްޓާގައި ފަސް ދުވަސް ހޭދަކުރުމުގެ ފުރުސަތާއި، ޕްރިމިއާ ލީގުގައި ޔުނައިޓެޑު ކުޅޭ މެޗެއް ބަލާލުމުގެ ހުރިހާ ހަރަދެއް ލިބޭނެ އެވެ. އޭގެއިތުރުން އޯލްޑް ޓްރެފޯޑް ފުރިހަމައަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް އެ މީހަކަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 26، އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 10، ގެ ނިޔަލަށެވެ.