16 ނޮވެންބަރު 2025 - 13:19 0
ލީވާން އަލީ ނާސިރު
16 ނޮވެންބަރު 2025 - 13:19 0
އަންނަ އަންގާރަ ދުވަހު ކުޅޭ ކްލަބް މޯލްޑިވްސް 2025 ގެ ސެކްޓާ ލީގުގެ ފައިނަލް މެޗު މީޑިއާ ނެޓުގެ އައިސް ޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފައިނަލް މެޗުގައި ބައްދަލުކުރަނީ ދެ ގްރޫޕަކުން ފައިނަލާ ހިސާބަށް ދަތުރުކުރި ކްލަބް ހޯކްސް އާއި އެރީނާ ހޮޓެލްސް އެވެ. އެ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ 21:00 ޖަހާއިރެވެ.
ކްލަބް ހޯކްސް ފައިނަލަށް ދަތުރުކުރީ މޯލްޑިވްސް އިސްލާމިކް ބޭންކް ސްޓާފް އެސޯސިއޭޝަން (އެމްއައިބީއެސްއޭ) 4-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މީގެއިތުރުން އެރީނާ ހޮޓެލްސް ފައިނަލަށް ދަތުރުކުރީ ކްލަބް އާރްސީސީގެ މައްޗަށް ކުރިހޯދައިގެންނެވެ. އެ ދެ ޓީމު ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީ ޖަހައިގެން އާރްސީސީގެ މައްޗަށް އެރީނާ ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ.
މީޑިއާނެޓުން އައިސްޓީވީ މެދުވެރިކޮށް އެކި ކުޅިވަރު މުބާރާތްތައް ދަނީ ބެލުންތެރިންނާ ހިސާބަށް ގެނެސްދެމުންނެވެ. އެގޮތުން ނިމިދިޔަ ކްލަބް މޯލްޑިވްސްގެ މެޗުތަކެއް ވެސް ވަގުތުން ދައްކާފައިވެ އެވެ.
Comment