Advertisement

އެއްކާފުގެ އާ ސީރީޒް "ގަނާ"ގެ ޓްރެއިލާ އާންމުކޮށްފި؛ ކުށުގެ ވެށި ދައްކުވައިދޭ ތަފާތު އުފެއްދުމެއް

about 1 hour 0


އެއްކާފުގެ އާ ސީރީޒް "ގަނާ"ގެ ޓްރެއިލާ އާންމުކޮށްފި؛ ކުށުގެ ވެށި ދައްކުވައިދޭ ތަފާތު އުފެއްދުމެއް

about 1 hour 0

މީޑިއާނެޓް ވީޑިއޯ ކްލަބުން ގެނެސްދޭ، އެއްކާފު ސްޓޫޑިއޯގެ އާ ސީރީޒް "ގަނާ" ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މި ޓްރެއިލާއިން ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނާނެ ފަދަ ކްރައިމް ތްރިލާ އެކެވެ.

ޓްރެއިލާ ފެށިގެން އަންނަނީ ވެރިރަށް މާލެ، ހުޅުލެ އަދި ހުޅުމާލެ ފެންނަ ހިތްގައިމު ރޭގަނޑުގެ މަންޒަރަކުންނެވެ. ނަމަވެސް ދެން ފެންނަނީ ފުލުހުން ޓޭޕް ދަމައި ބަންދުކޮށްފައިވާ ކްރައިމް ސީންއަކާއި، ސައިރެންގެ އަލިތަކެވެ. ބެކް މިއުޒިކުން ގެނެސްދޭ ސަސްޕެންސާއި ނާމާންކަމުން، ހިނގައިގެން އުޅެނީ އާދައިގެ ކަމެއް ނޫންކަން ވަރަށް ރަނގަޅަށް އިހުސާސްކޮށްދެއެވެ.

ޓްރެއިލާގެ ތެރެއިން އިވޭ ޑައިލޮގްތަކަށް ބަލާއިރު، މިއީ ފައިސާގެ މުއާމަލާތްތަކަކާއި ގުޅިފައިވާ ކުށްތަކެއް ދައްކުވައިދޭނެ ސީރީޒެއްކަން އެނގެއެވެ. ޚާއްސަކޮށް "ރާޝިދު.. ލޯން ޝާކު" އޭ ބުނާ އަޑު އިވުމުން، މި ކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން ހާމަވެއެވެ.

މީގެ އިތުރުން، ސީރީޒްގެ ޖަޒުބާތީ ފަޅިވެސް ޓްރެއިލާއިން ފެނިގެންދެއެވެ. "މަންމި ކެން އައި ސްޓިލް ސީ ބައްޕި" އޭ ކިޔައި ކުޑަކުއްޖަކު ކުރާ އަސަރު ގަދަ ސުވާލުން، މި ހާދިސާގެ ސަބަބުން އާއިލާތަކަށް ކުރާނެ ފުން އަސަރު ދައްކުވައިދެއެވެ. ހެޒްމެޓް ސޫޓުގައި ތިބޭ މީހުންނާއި ތަހުގީގު ޓީމުތަކުގެ ހަރަކާތްތަކުން، މިއީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަން އެނގެއެވެ.

ޓްރެއިލާގެ ފުރަތަމަ ސިކުންތު ކޮޅުގެ ތެރޭގައި ފެނުނު ކްރައިމް ސީންއަށް ބާރު ލިބެދޭ އިތުރު ޑައިލޮގެއް ފަހަތު ބައިން އަޑުއިވެއެވެ. މީހެއްގެ މަރުގެ ވާހަކައެވެ.

"ދެން ލިސްޓުގައި އިން މީހާގެ މަރު ވާނީ ކައެމެންގެ ސްޓޭޓްމަންޓަކަށް" ޑައިލޮގެއްގައި ބުނެލަ އެވެ.

އަހުމަދު އީސާ(އާނަންދު) ލަމްހާ ލަތީފް (ލަމް) އަދި އެނޫންވެސް ފަހުގެ މަޝްހޫރު ތަރިން ހިމެނޭ މި ސީރީސް ލިޔެ އަދި ޑައިރެކްޓްކޮށްފައިވަނީ ރަވީ ފާރޫގު އެވެ.

އެއްކާފު ސްޓޫޑިއޯއަކީ އަބަދުވެސް ތަފާތު މޮޅު އުފެއްދުންތައް ގެނެސްދޭ ބަޔަކަށް ވީހިނދު، "ގަނާ" އަކީވެސް ދިވެހި ސީރީޒްތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ސީރީޒަކަށް ވާނެކަމަށް ބެލެވެއެވެ.

ވީޑިއޯ ކްލަބްގައި ގެނެސްދޭ ސީރީސްތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް ސީރީސް ތަކެކެވެ.