Advertisement

އިސްރޭލުން ދައުވާއެއް ނުކޮށް ނުވަ މަސް ދުވަހު ބަންދުގައި ބެހެއްޓި ފަލަސްތީނު-އެމެރިކާގެ ކުޑަކުއްޖަކު ބަންދުން ދޫކޮށްލައިފި

30 ނޮވެންބަރު 2025 - 07:44 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މުހައްމަދު އިބްރާހިމް


އިސްރޭލުން ދައުވާއެއް ނުކޮށް ނުވަ މަސް ދުވަހު ބަންދުގައި ބެހެއްޓި ފަލަސްތީނު-އެމެރިކާގެ ކުޑަކުއްޖަކު ބަންދުން ދޫކޮށްލައިފި

30 ނޮވެންބަރު 2025 - 07:44 0

އިސްރާއީލުން ހިފާފައިވާ، ޣައްޒާގެ ހުޅަނގު އައްސޭރިން މި ދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މުހައްމަދު އިބްރާހިމް ނުވަ މަސްދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ބަންދުން ދޫކޮށްލައިފި އެވެ.

މުހައްމަދު އިބްރާހިމް ހައްޔަރުކުރި އިރު އޭނާގެ އުމުރަކީ 15 އަހަރެވެ. އޭނާއަކީ ފަލަސްތީނަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ. އޭނާ ފަލަސްތީނަށް ދިޔައީ ޗުއްޓީއެއްގަ އެވެ. އިސްރޭލުގެ ސިފައިން އޭނާ ހައްޔަރުކުރީ ޔަހޫދީ ވަޒަންވެރިންނަށް އަމާޒުކޮށް ގާ އުކުމުގައި އޭނާ ބައިވެރިވި ކަމަށް ތުހުމަތުކޮށްގެންނެވެ.

މުހައްމަދު މިނިވަންކުރުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އިސްރޭލުގެ އެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

މިހާރު އުމުރުން 16 އަހަރުގެ މުހައްމަދު، މިނިވަންކުރުމާއެކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އާއިލީ މީހުން މީޑިއާއަށް ބުނެފައި ވެ އެވެ. އެމީހުން ބުނިގޮތުގައި އޭނާގެ ހަށިގަނޑު ރީނދޫވެ، ބަރުދަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، ޖަލުގައި ހުރި އިރު ޖެހުނު ބަލިތަކެއްގައި ހާލު ދެރަވެފައިވާ ކަމަށެވެ.

ސްޓޭޓް ޑިޕާޓްމެންޓުން ބުނީ މުހައްމަދުގެ އާއިލާއަށް ކޮންސިއުލާ އެހީތެރިކަން ދިނުން ކުރިއަށްގެންދާނެ ކަމަށެވެ. "އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ އިސްކަމެއް ޓްރަމްޕްގެ ސަރުކާރަކަށް ނޯންނާނެ ކަމަށް" ސްޓޭޓް ޑިޕާޓްމެންޓުން އިތުރަށް ބުންޏެވެ.

މުހައްމަދު ބަންދުކޮށްފައި ހުރީ ހުޅަނގު އައްސޭރީގައި ހުންނަ އޯފާ ޖަލުގައި ދައުވާއެއް ނުކޮށެވެ. އެއީ ބޮޑެތި މީހުންނާއެކު ބޮޑެތި ޓެރަރިޒަމްގެ ކުށްތަކާއި ގަތުލުކުރުމުގެ ކުށްތަކަށް ކުށްވެރިވެފައިވާ ބައެއް މީހުންވެސް ބަންދުކުރާ ތަނެކެވެ.

އިސްރާއީލުގެ ޖަލުތަކުގައި ގާތްގަނޑަކަށް ފަލަސްތީނުގެ 350 ކުޑަކުދިން ސެކިއުރިޓީ ބަންދުގައި ބައިތިއްބާފައިވާ ކަމަށް އިސްރާއީލުގެ ޖަލު ހިދުމަތުން ބުނެ އެވެ. އޭގެ ތެރެއިން ގިނަ ކުދިންގެ މައްޗަށް ދައުވާއެއް ކުރެވިފައެއް ނުވެ އެވެ. އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކާއި، އދ. އިން ބުނާ ގޮތުގައި އެމީހުންގެ ތެރެއިން ބައެއް މީހުންނަށް އަނިޔާކޮށްފައި ވެސް ވެ އެވެ.