Advertisement

ކުރިއަށް އޮތް 24 ގަޑިއިރު އުރީދޫއިން ލަންކާއަށް ހިލޭ ގުޅޭނެ

28 ނޮވެންބަރު 2025 - 15:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކުރިއަށް އޮތް 24 ގަޑިއިރު އުރީދޫއިން ލަންކާއަށް ހިލޭ ގުޅޭނެ

28 ނޮވެންބަރު 2025 - 15:31 1

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ގައުމަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.

އުރީދޫ އިން ބުނީ މި ދަނޑިވަޅުގައި ލަންކާގައި ތިބި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވުމުގެ ގޮތުން ހިލޭ ގުޅުމުގެ އިންތިޒާމު ހަމަޖެއްސީ 24 ގަޑިއިރަށް ކަމަށެވެ.

ހިލޭ ގުޅޭ 24 ގަޑިއިރުގެ މުއްދަތުގައި ކޮންމެ ކޯލް ސެޝަނެއްގެ ފުރަތަމަ ފަސް މިނެޓު މުޅިން ހިލޭ ކަސްޓަމަރުންނަށް ލަންކާއަށް ގުޅޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

"މިއީ މި ދަނޑިވަޅުގައި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް،" އުރީދޫއިން ބުންޏެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށެވެ.