27 ނޮވެންބަރު 2025 - 13:59 0
ލީވާން އަލީ ނާސިރު
27 ނޮވެންބަރު 2025 - 13:59 0
ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫ މޯލްޑިވްސް އިން ބޭނުންކުރާ އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމާ (އީކޭވައިސީ) ސޮލިއުޝަން ދައްކާލައިފި އެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ އެ ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއަހި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ.
އެ ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަ ކޮށްދެ އެވެ.
އެންމެ 10 ސިކުންތުގެ ތެރޭގައި ނިންމާލެވޭ މި ޕްރޮސެސް އާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޑިޖިޓަލް، ޕޭޕާލެސް އަދި ސީމްލެސް އޮންބޯޑިން އެކްސްޕީރިއަންސެއް ލިބިގެންދެ އެވެ.
• ފާސްޓް އޮންބޯޑިން: 60 ސިކުންތުން 10 ސިކުންތަށް ކުޑަކުރުން
• އިންސްޓަންޓް ސިމް އެކްޓިވޭޓްކުރުން: 90 ޕަސެންޓަށް ވުރެ ގިނަ ރަޖިސްޓްރޭޝަން މިހާރު އޮޓޮމެޓިކުން އެޕްރޫވް ކުރެވޭ.
• ފްރޯޑް މަދުވުން: ފޭކް އައިޑީ އަދި ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯތައް މި ސިސްޓަމް މެދުވެރިކޮށް ދެނެގަނެވޭ.
• ފަސޭހަ ވުން: ފޯނު މެދުވެރިކޮށް ލައިނުގައި މަޑުނުކޮށް ވަގުތުން އެކްޓިވޭޓް ކުރެވޭ އަދި އިތުބާރާއި، ރައްކާތެރިކަމާއި، އެފިޝިއެންސީ.
އުރީދޫ މޯލްޑީވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނީގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެކެވެ. ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާ އެކު، ހަގީގީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.
Comment