Advertisement

ހުޅުމާލެ ބާ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާދެނީ

26 ނޮވެންބަރު 2025 - 19:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް -- ފޮޓޯ: އަދަދު


ހުޅުމާލެ ބާ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާދެނީ

26 ނޮވެންބަރު 2025 - 19:49 0

ހުޅުމާލޭގެ ބާ އިންޖީނުގޭގައި މިއަދު ހިނގި ހާދިސާއެއްގައި ސްޓެލްކޯގެ މުވައްޒަފަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ ސްވިޗުގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. ސްވިޗުގިއަރަކީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އެއީ އާންމު ގޭގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބްރޭކަރު ފަދަ އެއްޗެކެވެ.

ސްޓެލްކޯއިން ބުނީ އެ ހާދިސާގައި ފިހުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހާއަށް ލިބުުނު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު، އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު، އެ ކުންފުނިންނާއި ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށް މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ވަނީ އަނިޔާވި މީހާއާ ބެހޭ މައުލޫމާތު ފެތުރުމުގައި ސަމާލުވުމަށް އެދިފަ އެވެ. އަދި އެ މީހާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ކުރިއަށް އޮތް ވަގުތުތަކުގައި މައުލޫމާތު ހިއްސާ ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.