Advertisement

ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ކ. ގުރައިދޫއިން ފެނުގެ ހިދުމަތް ކެނޑިއްޖެ

ކ. ގުރައިދޫ މަތިން ފެންނަ ފޮޓޯއެއް -- ފޮޓޯ: ސްނެޕްޝޮޓް


ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރާ ކ. ގުރައިދޫއިން ފެނުގެ ހިދުމަތް ކެނޑިއްޖެ

ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ކ. ގުރައިދޫއިން ފެނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

އެ ރަށުން އަދަދު އާ ވާހަކަދެއްކި މީހަކު ބުނީ މުޅި އެ ރަށުން މިއަދު ފެން ކެނޑިފައިވާ ކަމަށެވެ. ފެން ކެނޑުނީ މީގެ އިރުކޮޅެއް ކުރިން ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުޑަ އިރުކޮޅެއް ކުރިން ފެން ކެނޑިއްޖެ، މުޅި ރަށުން، ވަރަށް ގިނަ ފަތުރުވެރިން ވެސް އެބަ ތިބި މިކޮޅުގައި،" އެ މީހާ ބުންޏެވެ.

ގުރައިދޫއިން ފެން ކެނޑުނީ އެ ރަށަށް ފެނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ދެ ފެން ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ރަށު ކައުންސިލް މެންބަރު، އިބްރާހިމް ޝަލީޒް ވިދާޅުވި އެވެ.

"ދެ ފެން ޕްލާންޓަށް ދިމާވި މައްސަލައަކާ ހެދި ފެން ކެނޑުނީ، ހަތަރެއް ޖަހާއިރު ލިބޭނެޔޭ ބުނީ، މިއީ ޕީކް ސީޒަން ވީމާ ފަތުރުވެރިން އުޅޭނެތާ، ދެން ދިވެހިން ވެސް ހަމަ އެބައުޅޭ ވަރަށް ގިނައިން މިކޮޅުގައި،" ޝަލީޒް ވިދާޅުވި އެވެ.

އެ ރަށުގެ ފެނުގެ ހިދުމަތް ދެނީ ސްޓެލްކޯއިންނެވެ. އެ ރަށަށް ފެނުގެ ހިދުމަތް ދިނުން ސްޓެލްކޯއާ ހަވާލުކުރީ ނޮވެމްބަރު 7، 2019 ގަ އެވެ. އޭގެ ކުރިން އެ ރަށަށް ފެނުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ އެ ރަށު ކައުންސިލުންނެވެ.

ގުރައިދޫއަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ފެނުގެ ފަށަލަ ވަރަށް ބޮޑަށް ލޮނުވެފައިވާ ރަށެކެވެ.