Advertisement

17 ކިލޯއަށްވުރެ ގިނަ މަސްތުވަތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

11 ނޮވެންބަރު 2025 - 17:23 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޖަޒްލާން: އޭނާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓުން -- ފޮޓޯ؛ ފުލުހުން


17 ކިލޯއަށްވުރެ ގިނަ މަސްތުވަތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

11 ނޮވެންބަރު 2025 - 17:23 1

ހުޅުމާލެ ފޭސް ދޭއްގެ އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނީ ފިރިހެނަކަށް އަނިޔާކުރާ އަޑުއިވޭ ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން އެތަނަށް ރެސްޕޮންޑުކުރުމަށްފަހު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

"އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ދަފްތަރު ނަންބަރު ދރ 1786 / މާލެ، މުހައްމަދު ޖަޒްލާން އަޝްރަފް، 29 އެވެ.

އޭނާގެ ބަންދަށް ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.