Advertisement

ވަޅި ހިފައިގެން ގޮސް އެއާޕޯޓުން ފައިސާ ދަބަހެއް ފޭރުނު މީހުންގެ މައްޗަށް ދައުވާ އުފުލައިފި

about 2 hours 0


ވަޅި ހިފައިގެން ގޮސް އެއާޕޯޓުން ފައިސާ ދަބަހެއް ފޭރުނު މީހުންގެ މައްޗަށް ދައުވާ އުފުލައިފި

about 2 hours 0

ވަޅި ހިފައިގެން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފައިސާ ދަބަހެއް ފޭރިގަތް މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޭރުމުގެ ދައުވާ އުފުލި އެވެ. އެއީ ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދާއި ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް އާއި ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރެވެ.

އޭގެ އިތުރުން، ތޫނު އެއްޗަކުން ބިރު ދެއްކުމުގެ ކުށުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ދައުލަތުން އެމީހުންގެ މައްޗަށް އުފުލި އެވެ.

އޭގެ އިތުރުން، ފަސް މީހަކަށް ދައުލަތުން ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެއީ ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު އާއި ލ. މާވައް، ރޭޝަމް، މާޒިން މޫސާ އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް އާއި ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް އާއި ރ. މަޑުއްވަރި، މީޒާން، އިސްމާއިލް ސިރްހާން އެވެ.

އެއާޕޯޓުން ފޭރުނު މީހުން ގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ފައިސާ ދަބަހެކެވެ. އެ ދަބަހުގައި ހުރި ފައިސާގެ އަދަދު އެތައް މިލިއަން ދިވެހި ރުފިޔާއަކަށް އަރަ އެވެ. ދަބަސް އެއް ތަނުން އަނެއް ތަނަށް ގެންދަނިކޮށް ފޭރިގަތް އިރު، ދަބަހާއެކު އެއްވެސް ސެކިއުރިޓީއެއް ނެތެވެ.

ދަބަސް ފޭރުނު މީހުން އެ ހިފައިގެން އެރީ ލޯންޗަކަށެވެ. ލޯންޗަށް އަރައިގެން ދިޔައީ ރަށަކަށެވެ.

އެ ދަބަހުގައި 4,900 ޔޫރޯ އާއި 1,735 ޕައުންޑާއި 2,610 ސިންގަޕޫރު ޑޮލަރާއި 1,345 އޮސްޓްރޭލިއަން ޑޮލަރާއި 510 ސްވިސް ފްރޭންކާއި 1,515 ކެނޭޑިއަން ޑޮލަރާއި 334,000 ޖަޕަނީސް ޔެން އާއި، 10,420 ހޮންކޮންގް ޑޮލަރާއި 106,120 ޔޫއެސް ޑޮލަރާއި 23,778 ދިވެހި ރުފިޔާ އާއި، 25,000 އިންޑިއަން ރުޕީސް އާއި، 600 ޗައިނީސް ޔުއާން ހުއްޓެވެ.