9 ނޮވެންބަރު 2025 - 11:45 1
ލީވާން އަލީ ނާސިރު
9 ނޮވެންބަރު 2025 - 11:45 1
ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ މިރޭ ބައްދަލުކުރާ ފޯރިގަދަ މެޗު މީޑިއާނެޓުން 4K ކޮލިޓީގައި ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިރޭ ރާއްޖެ ގަޑިން 21:30 ގައި އެ މެޗު 4K ކޮލިޓީގައި ދެއްކުމަށް ހަމަޖެހިފައިވަނީ މީޑިއާނެޓުގެ 901 ޗެނަލް އިންނެވެ. އެ މެޗު ބެލުމުގެ ފުރުސަތު ލިބޭނީ PL4K ޕާސް ނަގާފައިވާ ކަސްޓަމަރުންނަށެވެ.
PL4K ޕާސް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެ އެވެ. އެ ޕާސްގެ އަގަކީ 999ރ. އެވެ.
ޕާސް ގަންނަ ފަރާތްތަކަށް މުޅި ސީޒަނުގައި ޕްރިމިއާ ލީގުގެ ކޮންމެ ހަފްތާއެއްގެ އެންމެ ވަރުގަދަ މެޗުތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
4K އަލްޓްރާ ހައި ޑެފިނިޝަން (ޔޫއެޗްޑީ) ފޯމެޓްގައި މެޗުތައް ބެލުމުން، މުބާރާތުގެ ކޮންމެ ވަގުތެއްގައިވެސް ކުޅުންތެރިން ކުރާ ޕާހަކާއި، ޖަހާ ގޯލަކާއި، އަދި ގޯލްކީޕަރުން ކުރާ ކޮންމެ ސޭވްއެއް ވެސް، ގޭގައި ތިބެގެން ބަލާ ފަރާތްތަކަށް ފެންނާނީ ދަނޑުގައި ހުރެ މެޗު ބަލާ މީހަކަށް ފެންނަ ފެނުމާ ވަރަށް ގާތް ފެނުމެކެވެ.
ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގައި ލިވަޕޫލްގެ މައްޗަށް ކުރިހޯދައިގެން ސިޓީއަށް 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިން ދެވަނައަށް ޖެހި، އެއްވަނައިގައި އޮތް އާސެނަލްއާ އޮތް ޕޮއިންޓްގެ ފަރަގު ތިން ޕޮއިންޓަށް ކުޑަ ކުރެވޭނެ އެވެ.
މީގެއިތުރުން ސިޓީގެ މައްޗަށް ކުރިހޯދައިގެން ލިވަޕޫލްއަށް 21 ޕޮއިންޓާއެކު ސިޓީއަށްވުރެ ކުރިއަށް ޖެހި، ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލެވޭނެ އެވެ.
Comment