6 ނޮވެންބަރު 2025 - 08:55 1
މުހައްމަދު ޝަހްޒާން
މިފްކޯގެ މަސް ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި މަސްދަޅުތަކެއް
6 ނޮވެންބަރު 2025 - 08:55 1
ސަރުކާރުން ދޭ ރޯދަ ހަދިޔާ ހޯދަން ބޭނުންވާ ގޭބިސީތައް ރެޖިސްޓްރީކުރަން އަންގައި އިއުލާނުކުރަން ފަށައިފި އެވެ.
ސަރުކާރުން ހިލޭ ދޭ ރޯދަ ހަދިޔާ ހޯދުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލައިފައި ވަނީ ދ. މީދޫ ކައުންސިލުންނެވެ. ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު ސަރުކާރުން ދެނީ ކޮންއެއްޗެއް ކަމެއް ނޭނގެ އެވެ.
އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ރޯދަ ހަދިޔާ ހޯދަން ބޭނުންވާ ގޭބިސީތަކުން މިމަހު 10، ގެ ކުރިން ކައުންސިލުގައި ރެޖިސްޓްރީވާން އެދޭ ކަމަށެވެ. ގޭބިސީތަކުގެ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި އާއިލާތައް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރޯދަ ހަދިޔާ ހޯދަން ބޭނުންވާ ގޭބިސީތަކުން ރެޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު އެ އިއުލާނާއެކު އެއް ކަރުދާސް ކޮށްފައިވެ އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިދިޔަ ރޯދަމަހު ސަރުކާރުން ދޫކުރީ ހިލޭ މަސްދަޅެވެ. އެކަން ކުރުމަށް ދައުލަތުގެ ބަޖެޓުން 111.8 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރޯދަ ހަދިޔާ ދިނުމަށް އެއްވެސް މިންވަރެއް ހިމަނާފައެއް ނުވެ އެވެ.
Comment