Advertisement

ކުލެއިމް ނުކުރާ އަހަރު ސާޕްލަސްއަށް ބަދަލުވާ ގޮތް

2 ނޮވެންބަރު 2025 - 15:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަމާނާ ތަކާފުލްއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ކުލެއިމް ނުކުރާ އަހަރު ސާޕްލަސްއަށް ބަދަލުވާ ގޮތް

2 ނޮވެންބަރު 2025 - 15:02 0

ތިޔަފަރާތުން ތަކާފުލް ޕޮލިސީއެއް ނަގާއިރު، ތިޔަފަރާތުން ތިގަންނަނީ ހަމައެކަނި ރައްކާތެރިކަމެއްނޫނެވެ. އޭގެ އިތުރުން ތިޔަ ބައިވެރިވެވެނީ ޖަމާއަތެއްގަ އެވެ. އެ ޖަމާއަތުގެ ފަރުދުންގެ ތެރެއިން ކުލެއިމް (ގެއްލުމެއް ލިބުމުން ބަދަލު ހޯދަން އެދުން) ނުކުރާ ފަރާތްތަކުން، ދަތި އަހަރެއް ތަޖުރިބާކުރާ ފަރާތްތަކަށްޓަކައި ފަންޑު ވަރުގަދަކޮށްދެ އެވެ. އަދި ފަންޑަށް ފައިދާވާކަމުގައިވާނަމަ، އެފަންޑުގެ ބައިވެރިންގެ ތެރެއިން ކުލެއިމް ނުކުރާ ފަރާތްތަކަށް ދެވޭ ސަރޕްލަސް މެދުވެރިކޮށް މި ކަމިޔާބީގައި އެފަރާތްތަކުން ބައިވެރިވެ އެވެ.

ސާޕްލަސްގެ ގޮތުގައި ދޭ މިންވަރު އަބަދުވެސް ކަނޑައެޅެނީ އެންމެފަހުން ނިމިދިޔަ މާލީ މުއްދަތަށް ކަމުގައިވާތީ، އަދު މި ބެހޭ ސާޕްލަސް ދޫކުރެވެނީ 2024 ވަނަ އަހަރު ފަންޑުގައި ބައިވެރިވި ފަރާތްތަކަށެވެ.

މި އަހަރު، އަމާނަ ތަކާފުލް (މޯލްޑިވްސް) ފާހަގަކުރަނީ އަނެއްކާވެސް ފަހުރުވެރި މޭލުގަލެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފަހު ފަޅިއާއި 2024 ވަނަ އަހަރުގެ ފުރުތަމަ ފަޅި ހިމެނޭހެން، ކުލެއިމް ނުކުރާ ފަރާތްތަކަށް 16 ޕަސަންޓު ސާޕްލަސް ދޫކުރަމަށްވަނީ ހަމަޖެހިފަ އެވެ. މިއީ ތިޔަފަރާތްތަކުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރަށާއި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ހަގީގީ ރޫހު ބަލައިގަނެ ދެމެހައްޓައިދެއްވާތީ، އަޅުގަނޑުމެން ތިޔަފަރާތްކަށް ޝުކުރު ދަންނަވާ ގޮތެވެ.

ހިއްސާކުރުމުގައި ދަހަރަކަށްވުރެ ގިނަ ދުވަސް - އަހަރަކަށްފަހު އަހަރެއް

އަޅުގަނޑުމެންގެ މިދަތުރު ފެށިގެންދިޔައީ 2012 ވަނަ އަހަރު 10 ޕަސަންޓު ދޫކުރުމުންނެވެ. މިވޭތުވެދިޔަ އަހަރުތަކުގައި، ބަދަލުވަމުންދާ އިގުތިސާދީ ހާލަތާއި ބާޒާރުގެ ދައުރުވުންތަކާއެކު ވެސް، މި އަދަދު ވަނީ 10 ޕަސަންޓުން 12.5 ޕަސަންޓު، 13 ޕަސަންޓު، 14 ޕަސަންޓު، 15 ޕަސަންޓު އަދި، އަދު މުޅި އައު ރެކޯޑެއް ކަމުގައިވާ، 16 ޕަސަންޓަށް އިތުރުކުރެވިފަ އެވެ.

2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހިސާބުކޮށްލާއިރު، ސާޕްލަސްގެ ގޮތުގައި ޖުމުލަ 18.99 މިލިއަން ރުފިޔާވަނީ ކަނޑައެޅިފަ އެވެ. މިއީ ފަންޑު ބެލެހެއްޓުމުގައި ފަރުވާތެރިވާ މިންވަރާއި، އަންޑާރައިޓް (ލިބޭ މާލީ ގެއްލުންތަކަށް ބަދަލުދިނުމުގެ ޒިންމާއާ ތަކާފުލް ޕޮލިސީއެއްގެ ޒަރިއްޔާއިން ހަވާލުވުން) ކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި، ފަންޑުގެ ބައިވެރިން އަޅުގަނޑުމެންނަށް ކުރައްވާ ދެގޮތެއްނުވާ އިތުބާރުގެ ހެއްކެކެވެ.

ސާޕްލަސް ދޫކުރުމަކީ އިޝްތިހާރުކުރުމަށް ގެންގުޅޭ އުކުޅެއް ނޫނެވެ. އެއީ ތަކާފުލް ނިޒާމުގެ އަސާސީ މަބްދައުއެކެވެ. ރިސްކް ފަންޑު އަރަނިވެރިވެފައި، ތިޔަފަރާތުން އެ އަހަރުތެރޭ އެފަންޑުން ބަދަލު ހޯދުމަށް އެދިފައިނުވާކަމުގައިވާނަމަ، އެލިބުނު ނަފާއިން އިންސައްތައެއް ތިޔަފަރާތަށް ލިބިވަޑައިގަންނަވާނެ އެވެ. މިގޮތަށް ބެހޭ ފައިސާ ދޫކުރެވެނީ ޝަރީއާގެ އުސޫލުތަކާއި ތަކާފުލްގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ދެކުނު އޭޝިޔާގައި އަމާނަ ތަކާފުލް ތަފާތު ހެއްޔެވެ؟

ދެކުނު އޭޝިޔާގައި ޝާއިއުކުރެވިފައިވާ މާލީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެދުނުކެނޑުމެއްނެތި، ދަހަރަކަށްވުރެ އިތުރަށް ސާޕްލަސް ބަހާފައިވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް، އަޅުގަނޑުމެން މެދުކެނޑުމެއްނެތި ސާޕްލަސް ބަހާކަން އަޅުގަނޑުމެންގެ އަހަރީ ރިޕޯޓުތަކުންނާއި ސަރޕްލަސް ބެހުމުގައި ދަހަރެއް ފުރިގެން އާއްމުކޮށްފައިވާ ނޫސްބަޔާންތަކުން ޔަގީންކުރެވޭނެ އެވެ.

ގަވާއިދުން، ކޮންމެ އަހަރަކު ވެސް މެދުކެނޑުމެއްނެތި ސާޕްލަސް ބަހާފައިވާކަން މި ސަރަހައްދުގެ ސާޕްލަސް އޮޕަރޭޓަރެއް އާއްމުކޮށް ހާމަކޮށްފައިވާކަމެއް އަޅުގަނޑުމެން ބެލިބެލުމުން މިއަދާ ހަމައަށް ފާހަގަކުރެވިފައެއްނުވެ އެވެ. އެފަދަ ފަރާތެއް ވާކަމުގައިވާނަމަ، އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން އުނގެނުމަށާއި މިކާމިޔާބީ ގުޅިގެން ފާހަގަކުރުމުމަށް އަޅުގަނޑުމެން ދައުވަތުދެމެވެ.

ތިޔަފަރާތުން ކުލެއިމް ނުކުރާ އަހަރު ސާޕްލަސްއަށްވަނީ ކިހިނެއް؟

1. ތިޔަފަރާތުން ތަކާފުލް ފަންޑަށް ފައިސާ ދިނުން – ތިޔަފަރާތުން ދޭ ފައިސާ ދަނީ، ހުރިހާ ބައިވެރިން ރައްކާތެރިކޮށްދޭ ބައިވެރިންގެ ރިސްކް ޕޫލް (ހިރާސްތަކުން ލިބޭ މާލީ ގެއްލުން ކުޑަކުރުމަށް، ގުޅިގެން ފައިސާ އެއްކުރާ ޖަމާއަތް) އަކަށް.

2. ފަންޑުން ކުލެއިމްތަކަށް ބަދަލުދިނުމަށާއި އެކަމާގުޅޭ ހަރަދުތަކަށް ފައިސާ ދައްކާ – ހަރުދަނާ އަންޑަރރައިޓްކުރުމާއި، ފަރުވާތެރިކަމާއެކު ބަދަލުދިނުމުގެ ކަންކަން ބެލެހެއްޓުމުން ފަންޑު ދުޅެހެޔޮކޮށްދޭ.

3. ފަންޑުން އަރަނިވެރިވާ މިންވަރަކީ ޝަރުތުހަމަވާ ސަރޕްލަސް - ކުލެއިމްތަކާއި، ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރާއި، ޝާރީއާއާ އެއްގޮތްވާ ގޮތުގެމަތީން ކުރަންޖެހޭ ކަންކަން ހަލާސްކުރުމަށްފަހު، ބެހޭނެ ބާކީ މިންވަރު އެކަށައެޅޭ.

4. ކުލެއިމްނުކުރާ ބައިވެރިންނަށް އެއިން ހިއްސާއެއް ލިބޭ – އެ އަހަރުތެރޭ ތިޔަފަރާތުން ކުލެއިމެއް ކޮށްފައިނުވާނަމަ (އަދި ތިޔަފަރާތުގެ ސެޓިފިކެޓާ އެއްގޮތްވާ ގޮތުގެ މަތީން ޝަރުތުހަމަވާނަމަ) ކަނޑައެޅޭ ސާޕްލަސްއަށް ތިޔަފަރާތް ޝަރުތު ހަމަވޭ.

އަޅުގަނޑުމެންދޭ ޔަގީންކަން

"މި ނިޒާމާއި އެގޭ މަބްދައުތައް އަޅުގަނޑުމެން ނުހަނު އިހުލާސްތެރިކަމާއެކު ގަބޫލުކުރަން. ފަރުވާތެރިކަމާއެކު އަންޑާރައިޓްކުރުމަށާއި، އިންސާފުވެރިކަމާއެކު ކުލެއިމްތައް ބެލެހެއްޓުމަށް އަދި ތަކާފުލް ތަފާތުކޮށްދޭ އުސޫލުތައް ނެގެހެއްޓުމަށް އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައި ސަމާލުކަންދެން،" އަމާނަ ތަކާފުލްގެ އެމްޑީ އަދި ސީއީއޯ، ހަރީޒް ސުލައިމާން ވިދާޅުވި އެވެ.

"ސާޕްލަސްއަކީ ކޮންމެ ފަހަރަކު ކަށަވަރު އެއްޗެއް ނޫން. ނަމަވެސް އަޅުގަނޑުމެންގެ ފަންޑަށް ފައިދާވެ، ތިޔަފަރާތުން ކުލެއިމެއްކޮށްފައި ނުވާނަމަ، ތިޔަފަރާތަށް އެކަމުގެ ފައިދާ އިހުސާސްކުރެވެން ވާނެ. އެއީ ތިޔަފަރާތުން ބައިވެރިވި ޖަމާއަތް."

އެޑިޓަރުގެ ނޯޓު


މިއީ އަމާނާ ތަކާފުލްގެ އެޑްވަޓޯރިއަލް އެކެވެ.