Advertisement

ހައްޖާއި އުމްރާގެ ދަތުރުގައި ދިމާވެދާނެ ކަންކަމަށް އަމާނާ ތަކާފުލްގެ ހާއްސަ ރައްކާތެރިކަން

about 2 hours 0


ހައްޖާއި އުމްރާގެ ދަތުރުގައި ދިމާވެދާނެ ކަންކަމަށް އަމާނާ ތަކާފުލްގެ ހާއްސަ ރައްކާތެރިކަން

about 2 hours 0

ހައްޖާއި އުމްރާގެ މަތިވެރި އަޅުކަމަށް ފުރާ މީހުންނަށް ދަތުރުމަތީގައި ދިމާވެދާނެ އުނދަގޫ ހާލަތްތަކުން މާލީ ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން، އަމާނާ ތަކާފުލް އިން "ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް" ގެ ނަމުގައި ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

މި ޕެކޭޖަކީ މާތްވެގެންވާ މައްކާގެ ބިމަށް ދިއުމަށް ކުރާ ދަތުރުގައި، އުންމީދު ނުކުރާފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ލިބިދާނެ މާލީ ގެއްލުންތައް ކުޑަކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

މި ޕެކޭޖުގެ ދަށުން ކަވަރުކޮށްދޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ބޭސް ފަރުވާގެ ހަރަދުތައް: ކުއްލި ޙާލަތުގައި ހޯދަންޖެހޭ ސިއްހީ ފަރުވާއަށް 500,000ރ. އާ ހަމައަށް ކަވަރޭޖް ލިބޭނެއެވެ. މީގެ ތެރޭގައި ބޭސްފަރުވާގެ ހަރަދާއި ހޮސްޕިޓަލްގެ އެނދުގެ ހަރަދާއި، އައިސީޔޫ، އޮޕަރޭޝަން ކުރުން، ޑޮކްޓަރަށް ދެއްކުން، އެމްބިއުލާންސް އަދި ކުއްލި ހާލަތުގައި ދަތުގެ ފަރުވާ ހޯދުން ހިމެނެއެވެ.
  • ނިޔާވުން ނުވަތަ ނުކުޅެދުންތެރިވުން: ދަތުރުމަތީގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން ނިޔާވެއްޖެނަމަ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެއްޖެނަމަ 300,000ރ. އާ ހަމައަށް ބަދަލު ލިބޭނެއެވެ.
  • ދަތުރު ކެންސަލްވުން: ދަތުރު ކެންސަލްކުރަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ ދަތުރު މެދުކަނޑާލަން ޖެހިއްޖެނަމަ، އަނބުރާ ނުލިބޭ ގޮތަށް ދައްކާފައިވާ ފައިސާގެ ބަދަލުގެ ގޮތުގައި 20,000ރ. އާ ހަމައަށް ކަވަރޭޖް ލިބޭނެއެވެ.
  • ލަގެޖް ގެއްލުން: ޗެކިން ކޮށްފައިވާ ލަގެޖެއް ގެއްލިއްޖެނަމަ 10,000ރ. އާ ހަމައަށް ބަދަލު ލިބޭނެއެވެ.
  • ޕާސްޕޯޓް ގެއްލުން: ދަތުރުމަތީގައި ޕާސްޕޯޓް ގެއްލިއްޖެނަމަ، އެކަމަށް ހިނގާ އިތުރު ހަރަދުތަކަށް 3,000ރ. އާ ހަމައަށް ފައިސާ ލިބޭނެއެވެ.

އަމާނާ ތަކާފުލް އިން ބުނެފައިވާ ގޮތުގައި މި ޕެކޭޖުގެ ބޭނުމަކީ ހައްޖުވެރިންނާއި އުމްރާވެރިންނަށް ހިތްހަމަޖެހުމާއެކު އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ޕެކޭޖުގެ އަގަކީ އެންމެ 359ރ. އެވެ.

މި ޕްކޭޖު ހޯދުމަށް އަމާނާ ތަކާފުލުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށަހަޅާލެވޭނެ އެވެ. އިތުރު މައުލޫމާތު އަމާނާ ތަކާފުލްގެ ހޮޓްލައިން 3315262 އަށް ގުޅުއްވައިގެން ނުވަތަ ވެބްސައިޓުން ލިބޭނެ އެވެ.