Advertisement

ގެސްޓްހައުސް ތަކަފުލް: ރާއްޖޭގެ ކުރިއަރަމުން އަންނަ ގެސްޓްހައުސް ސިނާއަތަށް ރައްކާތެރި އައްޑަނައެއް

about 2 hours 0


ގެސްޓްހައުސް ތަކަފުލް: ރާއްޖޭގެ ކުރިއަރަމުން އަންނަ ގެސްޓްހައުސް ސިނާއަތަށް ރައްކާތެރި އައްޑަނައެއް

about 2 hours 0

ރާއްޖޭގެ ގެސްޓްހައުސް ސިނާއަތް ހަލުވިކަމާއެކު ކުރިއަރަމުންދާއިރު، މި ވިޔަފާރިތައް ރައްކާތެރިކުރުމަކީ ކުރިއަށްވުރެ މުހިންމު ކަމަކަށް ވަނީ ވެފައެވެ. ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ފަތުރުވެރިކަމުގެ ދާއިރާއަށް ވަންނަމުންދާ މި ދަނޑިވަޅުގައި، އަމާނަ ތަކާފުލް އިން ފޯރުކޮށްދޭ "ގެސްޓްހައުސް ތަކަފުލް" އަކީ އިތުބާރު ހުރި، އަދި ބޭނުންތެރި ހައްލެކެވެ.

މިއީ ފުރިހަމަ ރައްކާތެރިކަމާއި ގަވާއިދުތަކަށް ފެތޭނެ ފަދަ ގޮތަކަށް އެކުލަވާލެވިފައިވާ އެއް ޕްލޭނެވެ.

ގެސްޓްހައުސް ތަކަފުލް އަކީ ހާއްސަކޮށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. ބޭރުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުން ފެށިގެން، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ގެސްޓްހައުސް ވެރިންނަށް ތަފާތު ނުރައްކާތަކާ ކުރިމަތިލާންޖެހެ އެވެ.

މިގޮތުން ޕަބްލިކް ލައިބިލިޓީ، އަލިފާނުގެ ހާދިސާތައް، ގުދުރަތީ ކާރިސާތައް، އަދި ވިޔަފާރި މެދުކެނޑުން ފަދަ ކަންކަން ހިމެނެ އެވެ. މި ތަކަފުލް ޕްލޭނުގެ ސަބަބުން މިފަދަ ނުރައްކާތައް ރަނގަޅަށް މެނޭޖްކުރެވި، ފަތުރުވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ވިޔަފާރިވެރިންނަށް ސަމާލުކަން ދެވޭނެ މަގު ފަހިވެގެންދެ އެވެ.

މީގެއިތުރުން، ގެސްޓްހައުސް ހިންގުމުގެ ލައިސަންސް ދޫކުރުމާއި އާކުރުމަށް ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މަޖުބޫރު އިންޝުއަރެންސް ޝަރުތުތައް ގެސްޓްހައުސް ތަކަފުލް އިން ފުރިހަމަކޮށްދެ އެވެ. އެހެންކަމުން، މިއީ ހަމައެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއް ނޫނެވެ.

މިއީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރިއެއް ފަށާ ނުވަތަ ކުރިއަށްގެންދާ ކޮންމެ ފަރާތަކުންވެސް ފުރިހަމަކުރަންޖެހޭ ކަމެކެވެ. ގެސްޓްހައުސް ތަކަފުލް އިހްތިޔާރު ކުރުމުން، އެކި ބާވަތުގެ ވަކިވަކި ޕޮލިސީތައް ނެގުމުގެ ބަދަލުގައި، އެއް ޕްލޭނަކުން ލައިސަންސްގެ ޝަރުތުތައް ފުރިހަމަވެގެންދާނެއެވެ.

މި ޕްލޭނުގެ ދަށުން ލިބޭ މުހިންމު ރައްކާތެރިކަންތަކުގެ ތެރޭގައި ޕަބްލިކް ލައިބިލިޓީ (ގެސްޓަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ލިބިދާނެ އަނިޔާއަކުން ނުވަތަ މުދަލަށް ލިބޭ ގެއްލުމަކުން ވެރިފަރާތް ޒިންމާވާންޖެހޭ ހާލަތްތައް) ހިމެނެ އެވެ.

މީގެއިތުރުން ލިފާނާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން އިމާރާތަށާއި، ފަރުނީޗަރާއި، މެޝިނަރީ އަދި ސާމާނުތަކަށް ލިބޭ ގެއްލުންތައްވެސް މި ޕްލޭނުން ކަވަރުކޮށްދެ އެވެ. ގެއްލުމެއްގެ ސަބަބުން ވިޔަފާރި މެދުކެނޑިއްޖެނަމަ ލިބޭ އާމްދަނީގެ އުނިކަމަށްވެސް އެހީތެރިކަން ވެސް ލިބިގެންދެ އެވެ.

ގެސްޓްހައުސް ތަކަފުލްގެ އެންމެ ހާއްސަ އެއް ސިފައަކީ އޭގެ ބަދަލުކުރެވޭ ފްލެކްސިބިލިޓީ އެވެ. ވިޔަފާރި ހިންގާ ފަރާތްތަކަށް ބޭނުންނަމަ، ވައްކަންކުރުމާއި، އިލެކްޓްރިކަލް ސާމާނަށް ލިބޭ ގެއްލުން ފަދަ އިތުރު ކަންކަންވެސް ޕްލޭނުގައި ހިމެނިދާނެ އެވެ.

ގެސްޓްހައުސް ފަތުރުވެރިކަމަކީ ރާއްޖޭގެ ރަށްތަކާއި އިގްތިސާދު ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، ގެސްޓްހައުސް ތަކަފުލް އަކީ ޝަރުއީ ހަމަތަކަށް ފެތޭ، އަމަލީ ގޮތުން ބޭނުންތެރި ހައްލެކެވެ. މިއީ ވިޔަފާރިވެރިންނަށް ހިތްހަމަޖެހުމާއި، މާލީ ރައްކާތެރިކަން އަދި ލައިސަންސް ހޯދުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި މިހާރުވެސް ވިޔަފާރި ހިންގާ ފަރާތްތަކަށް ގެސްޓްހައުސް ތަކަފުލް އަކީ ހަމައެކަނި އިންޝުއަރެންސެއް ނޫނެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިއުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.

މި ތަކާފުލްގެ އިތުރު މައުލޫމާތު ހޯދެއްވުމަށް އަމާނަ ތަކާފުލްގެ ހޮޓްލައިން 1557 ގުޅައިގެން ނަވަތަ ވެބްސައިޓް މެދުވެރިކޮށްވެސް މައުލޫމާތު ފޯރުކޮށްދެވޭނެ އެވެ.

އެޑިޓަރުގެ ނޯޓު


މިއީ އަމާނާ ތަކާފުލްގެ އެޑްވަޓޯރިއަލް އެކެވެ.