22 އޮކްޓޯބަރު 2025 - 17:49 0
ލީވާން އަލީ ނާސިރު
22 އޮކްޓޯބަރު 2025 - 17:49 0
ޑާކްރެއިން އެންޓަޓައިންމަންޓްގެ މޫސުން ފިނާލޭ މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ސްޓްރީމްކުރަން ފަށައިފި އެވެ.
މޫސުންގެ ފިނާލޭގައި ހިމެނޭ 10 އެޕިސޯޑް މިހާރު ވީޑިއޯ ކްލަބުން ބެލޭއިރު، މުޅި ސީރީޒް އެއްކޮށް ވެސް ވީޑިއޯ ކްލަބުގެ ބިންޖުން ބެލޭނެ އެވެ.
މުހައްމަަދު އަލީ އަދި އައިޝަތު ފުވާދު ތައުފީގު ޕްރޮޑިއުސްކޮށްފައިވާ މޫސުން ސީރީޒްގައި ތަރިންގެ ގޮތުގައި އައިޝާ ރަޝީދު، ދަރާ މުހައްމަދު ރަޝީދު، ސާމީ ހުސައިން އަދި އާމިނަތު ސުހާ ހިމެނެ އެވެ.
އެ ސީރީޒްއަކީ ފެމިލީ ޑްރާމާއެއްގެ އިތުރުން ރިވެންޖް ތުރިލާއެކެވެ. އެގޮތުން ގައްދާރުވުމާއި ކުށްހީވުމާ ގުޅޭ ކަންކަން ވެސް ސީރީޒްގައި ހިމެނެ އެވެ.
މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލައިލެވޭނެ އެވެ.
މީގެއިތުރުން އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް މޫސުން ސީރީޒް ބަލައިލެވޭނެ އެވެ.
Comment