Advertisement

މިދިޔަ އަހަރު ސްޓެލްކޯއިން 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި!

20 އޮކްޓޯބަރު 2025 - 15:58 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މިދިޔަ އަހަރު ސްޓެލްކޯއިން 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދި!

20 އޮކްޓޯބަރު 2025 - 15:58 2

ފާއިތުވި އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އޮޑިޓު އޮފީހުން ވަނީ ސްޓެލްކޯގެ މާލީ ހިސާބުތައް އޮޑިޓު ކުރުމަށް ފަހު މިއަދު އާންމުކޮށްފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 3،212،100،254ރ. އާމްދަނީގެ ގޮތުގައި ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 508،199،656ރ. އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ސްޓެލްކޯއަށް ލިބުނު އާމްދަނީގެ ތެރެއިން 94 ޕަސެންޓަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީގެން އެ ކުންފުނިން ހޯދާފައިވާ ފައިސާ އެވެ.

މިދިޔަ އަހަރު ސްޓެލްކޯގެ އޮޕަރޭޓިން ޕްރޮފިޓަކީ 200 މިލިއަން ރުފިޔާ އެވެ. އަދި ހުރިހާ ހަރަދެއް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 181 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނީ ގެއްލުމެވެ.

ސްޓެލްކޯގެ އާމްދަނީ ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު ކަރަންޓު ބިލުތައް ބޮޑުވެގެން އާންމުންގެ ނުރުހުން އެ ކުންފުންޏަށް އަމާޒުވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިދިޔަ އަހަރު ހުރި ހުސައިން ފަހުމީ ވަނީ މިއަހަރު ސެޕްޓެމްބަރު މަހު އެ މަގާމުން ވަކިކޮށްފަ އެވެ.