Advertisement

މާދަމާ ފަށާ އީސްޓް އޭޝިއާ ސުޕަ ލީގުގެ މެޗުތައް މީޑިއާނެޓުން ބެލޭނެ

7 އޮކްޓޯބަރު 2025 - 14:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާދަމާ ފަށާ އީސްޓް އޭޝިއާ ސުޕަ ލީގުގެ މެޗުތައް މީޑިއާނެޓުން ބެލޭނެ

7 އޮކްޓޯބަރު 2025 - 14:11 0

ބާސްކެޓު ސަޕޯޓަރުންނަށް ހާއްސަކޮށްގެން މާދަމާ ފަށާ އީސްޓް އޭޝިއާ ސުޕަ ލީގު (އީއޭއެސްއެލް) ގެ މެޗުތައް މީޑިއާނެޓުގެ އައިސް ނެޓްވޯކުން ވަގުތުން ދައްކާނެ ކަމަށް ބުނެފި އެވެ.

މުބާރާތުގައި މުޅި އީސްޓް އޭޝިއާގެ ބާސްކެޓުގައި އެންމެ ނަން ހިންގާ ޖަޕާން، ދެކުނު ކޮރެއާ، ޓައިވާން، މޮންގޯލިއާ، މަކާއޯ، ހޮންގް ކޮންގް އަދި ފިލިޕިންސް ފަދަ ގައުމުތަކުގެ 12 ކްލަބަކުން ވާދަކުރެ އެވެ.

ރާއްޖޭގައި އުޅޭ ބާސްކެޓް ފޭނުންނަށް މީޑިއާނެޓުގެ ސްޕޯޓްސް އެޑް-އޮން ސަބްސްކްރައިބް ކޮށްގެން މުބާރާތުގެ ހުރިހާ މެޗެއް އައިސް ނެޓްވޯކުން ވަގުތުން ބެލޭނެ އެވެ.

މީޑިއާނެޓުގެ ސްޕޯޓްސް އެންޑް-އޮންއަށް އޮންލައިންކޮށް ފަސޭހައިން ސަބްސްކްރައިބް ކުރެވެ އެވެ.

ލީގުގެ މެޗުތައް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އަހަރުގެ މާޗު 22، ގެ ނިޔަލަށެވެ.

މީޑިއާނެޓުން އަންނަނީ ފުޓުބޯޅަ، ވޮލީ، ބާސްކެޓް، ޓެނިސް، ބެޑްމިންޓަންގެ އިތުރުން ރާއްޖޭގައި މަގުބޫލު ގިނަ ކުޅިވަރުތަކުގެ ބައިނަލްއަގުވާމީ މުބާރާތްތައް ދުރަށް ވަގުތުން ދައްކަމުންނެވެ.