2 އޮކްޓޯބަރު 2025 - 21:06 0
ލީވާން އަލީ ނާސިރު
2 އޮކްޓޯބަރު 2025 - 21:06 0
މީޑިއާނެޓުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަދި ލިވަޕޫލް ބައްދަލުކުރާ މެޗު 4K ކޮށް ދެއްކުމަށް ނިންމައިފި އެވެ.
މި ހާއްސަ ފުރުސަތު ހޮނިހިރު ދުވަހުގެ ރޭ ލިބިގެންދާނީ PL4K ޕާސް ނަގާފައިވާ ކަސްޓަމަރުންނަށެވެ.
މީޑިއާނެޓުން ހާމަކޮށްފައިވާ ގޮތުގައި، 4K އަލްޓްރާ ހައި ޑެފިނިޝަން (ޔޫއެޗްޑީ) ފޯމެޓްގައި މެޗުތައް ބެލުމުން، މުބާރާތުގެ ކޮންމެ ވަގުތެއްގައިވެސް ކުޅުންތެރިން ކުރާ ޕާހަކާއި، ޖަހާ ގޯލަކާއި، އަދި ގޯލްކީޕަރުން ކުރާ ކޮންމެ ސޭވްއެއް ވެސް، ގޭގައި ތިބެގެން ބަލާ ފަރާތްތަކަށް ފެންނާނީ ދަނޑުގައި ހުރެ މެޗު ބަލާ މީހަކަށް ފެންނަ ފެނުމާ ވަރަށް ގާތް ފެނުމެއް ކަމަށެވެ.
PL4K ޕާސް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެ އެވެ. އެ ޕާސްގެ އަގަކީ 999ރ. އެވެ. ޕާސް ގަންނަ ފަރާތްތަކަށް މުޅި ސީޒަނުގައި ޕްރިމިއާ ލީގުގެ ކޮންމެ ހަފްތާއެއްގެ އެންމެ ވަރުގަދަ މެޗުތައް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި 4K މެޗުތައް ބެލޭނީ މީޑިއާނެޓުގެ PL4K (901) ޗެނަލުންނެވެ. ނަމަވެސް، މި ޗެނަލުން މެޗުތައް ބެލޭނީ ހަމައެކަނި PL4K ޕާސް ހޯދާފައިވާ ކަސްޓަމަރުންނަށެވެ.
ޗެލްސީ އާއި ލިވަޕޫލް އާ ދެމެދު ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން 21:30 ގަ އެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާ 20 ޓީމު ވެސް މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު، 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ. ލިވަޕޫލްގެ ފަހަތުގައި 13 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 12 ޕޮއިންޓާއެކު އޮތީ ކްރިސްޓަލް ޕެލަސް އެވެ
Comment