Advertisement

މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭތީ އެ ރުޅިގަނޑު ދަނީ ބާލަމުން: ސޯލިހު

2 އޮކްޓޯބަރު 2025 - 10:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭތީ ރުޅިގަނޑު ބާލަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭތީ އެ ރުޅިގަނޑު ދަނީ ބާލަމުން: ސޯލިހު

2 އޮކްޓޯބަރު 2025 - 10:12 0

ސަރުކާރުން ވައުދުވި މަޝްރޫއުތަކުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވާތީ އެކަމުގެ ރުޅި ބާލަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސޯލިހު ވިދާޅުވީ ސަރުކާރުން ރުޅި ބާލަމުންދަނީ 60،000 ހައުސިން ޔުނިޓް އަޅާނެ ކަމަށްވި ވައުދުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވާތީ ކަމަށެވެ.

"މި ބޭފުޅުން މި ވަޑައިގަތީ 60،000 ހައުސިން ޔުނިޓް އަޅާނަމޭ ކިޔާފައި ވައުދުވެގެން ދެއްތޯ. މިހާތަނަށް އައިއިރުގައި އެއްވެސް ކަމެއް، މިއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ނުފެށުނީމާ މި އަންނަ ރުޅިގަނޑު މި ބާލަނީ އެނގޭތޯ،" ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރަށް އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތެއް ނުފެށޭއިރު، އެއްވެސް މަޝްރޫއެއް ނިންމިފައި ނުވުމަކީ އެހެން ބަޔަކަށް އެކަމުގެ ރުޅި ބާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ.

އޭގެއިތުރުން ސޯލިހު ވިދާޅުވީ މި ސަރުކާރަށް ކުރެވޭ ހަމައެކަނި ކަމަކީ އޭޓީއެމްތަކުގެ އިތުރުން ކުރިން ނިންމާފައި ހުރި ތަންތަން ހުޅުވުން ކަމަށެވެ.

"ދެން އެ އަޅުގަނޑުމެން ކުރާނެ ކަމެއްތޯ. ދެން އޭގައި ޖެހިގެން ހުރިހާ ކަމެއް މިކުރަނީ. ދެން ޖެހޭ އެއްޗެއް ހުޅުވާނީ ނޫންތޯ. ހުޅުވާފައި ހުރި ތަންތަން ވެސް ހުޅުވަމުން އެ ގެންދަނީ،" ސޯލިހު ވިދާޅުވި އެވެ.

"އޭޓީއެމް އެބަ ހުޅުއްވާ. އެހެން ކަމެއް ނުކުރެވޭނެ ނޫންތޯ. ހުޅުވާނެ ތަނެއް ނެތެއް ނޫންތޯ. ދެން ވަޑައިގެން ވޮލީ ކޯޓެއް ހުޅުވަފާނެ، ކުރިން ހުޅުވާފައި އޮތް ތަނެއް. އެހެންނޫންތޯ."

ސޯލިހު ވިދާޅުވީ މި ސަރުކާރުން ރަށްރަށަށް ކުރާ ދަތުރުތަކުގައި މިދިޔަ ސަރުކާރުން ނިންމާފައި ހުރި މަޝްރޫއުތައް ފެންނާނެ ކަމަށެވެ. އެގޮތުން ބަނދަރުތަކާއި ފެނާއި ނަރުދަމާ އާއި ކަރަންޓް އަޕްގްރޭޑް ކުރުމާއި ސްކޫލްތައް އަޕްގްރޭޑްކުރުން ހިމެނޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.