29 ސެޕްޓެންބަރު 2025 - 10:55 1
ލީވާން އަލީ ނާސިރު
ލޯކާގެ ސާމްޕަލްތައް އާންމުނަށް ބެހުން
29 ސެޕްޓެންބަރު 2025 - 10:55 1
އިޓަލީއޭ ބުނެފި ނަމަ ގިނަ ބަޔަކަށް ހިތަށް އެންމެ ފުރަތަމަ ވެސް ވަންނާނީ މީރު ކެއުންތަކުގެ މަތިންނެވެ. އެ ގައުމުން ވަނީ ކާނާގެ އެތައް ބާވަތްތަކެއް ދުނިޔޭގެ ބާޒާރަށް ނެރެދީފަ އެވެ. ރަހަޔާ އެއްވަރަށް ފެންވަރު ވެސް އެތައް ގުނައެއް މަތީގެ އުފެއްދުންތަކެވެ. އޭގެ ތެރޭގައި، 1925 ވަނަ އަހަރު އިޓަލީގައި "ލޯކާ" ގެ ނަމުގައި ހުޅުވި ޕޭސްޓްރީ ޝޮޕުން މާކެޓަށް ނެރުނު ލޯކާ ބްރޭންޑް ފާހަގަކުރެވެ އެވެ.
ޔޫރަޕުގެ އެންމެ ހިތްގައިމު ފަރުބަދަ ކަމަށްވާ އެލްޕްސްގެ ރީތިކަން އެންމެ ބޮޑަށް ވަޒަންކުރެވޭ އިޓަލީގެ އެއް ސިޓީ ކަމަށްވާ ބޮލްޒާނޯ އިން މީގެ ގަރުނެއް ކުރިން އުފަންކުރި ލޯކާ ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މައިދާނުގައި އެތައް ބައެއްގެ އިތުބާރާއި، މަގުބޫލުކަން ހޯދައިފަ އެވެ.
ލޯކާގެ ވޭފާތައް އެންމެ ފުރަތަމަ ވެސް ބާޒާރަށް ނެރުނީ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް ހިމަނައިގެންނެވެ. އާޓިފިޝަލް އެއްވެސް އިންގްރީޑިއެންޓްސް ބޭނުމެއް ނުކުރެ އެވެ. ގުދުރަތީ ރަހަތައް ނެރުނީ އެ ފޯމިއުލާ ބޭނުންކޮށްގެންނެވެ. އެހެންވެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ ބަޔަކު ލޯކާ ބަލައިގަތެވެ.
ލޯކާ އުފަންކުރުވި އާއިލާގެ މެންބަރުން
ލޯކާ އިން ވަނީ މިދިޔަ ގަރުނުގެ ތެރޭގައި އެތައް ކުރިއެރުންތަކެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި 1960 ގައި، އިލެކްޓްރިކް އަވަން ބާޒާރަށް ނެރުން ހިމެނެ އެވެ. އަދި އާ ސާސްކަފާ އެކު، 2000 ވަނަ އަހަރު އެ ބްރޭންޑުގެ ކެފޭތައް ލޯންޗުކުރި އެވެ.
ލޯކާގެ އުފެއްދުންތައް، ރާއްޖެ އަށް މާކެޓްކޮށް ވިއްކަން ފެށީ މީގެ 12 އަހަރު ކުރިން ޔޫރޯ ސްޓޯރުންނެވެ. އެ ހިސާބުން ދިވެހީންގެ މަގުބޫލުކަން މި ބްރޭންޑަށް ލިބެން ފެށި އެވެ. ކުރިއަށް އޮތީ ވެސް ދިވެހީންނަށް އުފާވެރި ހަބަރެކެވެ. ލޯކާ އަށް ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ނެރޭ ލިމިޓެޑް އެެޑިޝަަން "ލޯކާ ރެޕީ" ވެފާ ރާއްޖޭގެ މާކެޓުން ވެސް ވަރަށް އަވަހަށް ލިބެން ހުންނާނެ އެވެ. މި އެޑިޝަނުގެ ލޭބަލް ވެސް ތަފާތު ވާނެ އެވެ. އެގޮތުން ލޯކާގެ ސެންޗަރީ ސްޓޭމްޕް ފެންނަން ހުންނާނެ އެވެ.
ކުޑަކުޑަ ޕޭސްޓްރީ ޝޮޕަކުން ފެށި ލޯކާ ބްރޭންޑަށް 100 އަހަރު ފުރޭއިރު، އެ ބްރޭންޑުގެ ދަށުން ވިއްކާ ވޭފާގެ ބާވަތްތައް ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން މިހާރު ލިބެން ހުރެ އެވެ.
Comment