Advertisement

ހުޅުމާލޭ އޯސީސީ ފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާ ދީފި

27 ސެޕްޓެންބަރު 2025 - 14:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރަ -- ފޮޓޯ: މުހައްމަދު ހުސެއިން


ހުޅުމާލޭ އޯސީސީ ފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާ ދީފި

27 ސެޕްޓެންބަރު 2025 - 14:08 0

ހުޅުމާލޭގައި ހުންނަ އޯސީސީ ފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމުކޮށްލާފައިވާކަން ފުލުހުން ވެސް ކަށަވަރު ކޮށްދިނެވެ. އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކު ޒަހަމު ކޮށްލާފައިވާ ކަމަށާއި އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

"ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ، އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ބަލުމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ހުޅުމާލޭގައި އޯސީސީ ފިހާރަ ހުންނަނީ ބޮޑު މަގުގަ އެވެ. އެ ފިހާރަ ހުންނަ ސަރަހައްދަކީ އާންމުކޮށް ވަރަށް ބައިވަރު މީހުން ގޮސް އުޅޭ ސަރަހައްދެެކެވެ.