about 1 hour 0
ލީވާން އަލީ ނާސިރު
އައްޑޫން ހައްޔަރު ކުރި މީހުން
about 1 hour 0
އައްޑޫއިން ހައްޔަރުކުރި ޑްރަގު ނެޓްވޯގައި ހިމެނޭ މީހުންގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފި އެވެ.
ފުލުހުން ރޭ ދަންވަރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ ފަސް މީހެއް ކަމަށެވެ. އެއީ؛
މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފަށާފައި ވަނީ މި އަހަރު މާޗް މަހުން ފެށިގެން ކަމަށާއި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށާއި އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ބަންދުކުރަން ކޯޓުން އަމުރު ދިނީ 5 ދުވަހުގެ މުއްދަތަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
Comment