Advertisement

ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން އުވާލިއިރު، މުޒާހަރާތަކުގައި 19 މީހަކު މަރުވެއްޖެ

9 ސެޕްޓެންބަރު 2025 - 10:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނޭޕާލްގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން: މުޒާހަރާތައް ކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭންކުރުމުން -- ފޮޓޯ: ޝަޓާސްޓޮކް


ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން އުވާލިއިރު، މުޒާހަރާތަކުގައި 19 މީހަކު މަރުވެއްޖެ

9 ސެޕްޓެންބަރު 2025 - 10:33 0

ނޭޕާލްގައި އެންމެ ފަހުން ސޯޝަލް މީޑިއާ ބޭން އުވާލިއިރު، ސޯޝަލް މީޑިއާ ބޭން ކުރުމާ ދެކޮޅަށް ޒުވާނުން އިސް ނަގައިގެން ކުރާ މުޒާހަރާތަކުގައި 19 މީހަކު މަރުވެއްޖެ އެވެ.

ނޭޕާލްގެ ކެބިނެޓް ތަރުޖަމާން އަދި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، ޕްރިތުވީ ސުއްބާ ގުރުންގްއާ ހަވާލާދީ ރޮއިޓާސްއިން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭން ކުރުމަށް ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

"ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭން ކުރަން ނިންމި ނިންމުން މިހާރު ވަނީ އަނބުރާ ގެންގޮސްފައި. އެކަމަށް އަންނަނީ މަސައްކަތްތަކެއް ކުރެވެމުން،" އޭނާ ވިދާޅުވި އެވެ.

ނޭޕާލްގައި 26 މީޑިއާ ވެބްސައިޓާއި، ވަޓްސްއަޕް، ފޭސްބުކް، އިންސްޓަގްރާމް، ލިންކެޑިން އަދި ޔޫޓިއުބް ވެސް ވަނީ ބޭންކޮށްފަ އެވެ.

އެކަމާ ގުޅިގެން ޒުވާނުން އިސް ނަގައިގެން ކުރި މުޒާހަރާ ތެރެއަށް ފުލުހުން ވަނީ ލައިވް ވަޒަން، ކަރުނަ ގޭސް، ރަބަރު ބުލެޓް ބޭނުންކޮށްފަ އެވެ.

މުޒާހަރާތަކުގައި މަރުވި 19 މީހުންގެ ތެރެއިން 17 މީހުން މަރުވީ ކަތަމަންޑޫގައި ކުރިޔަށްދިޔަ މުޒާހަރާއިންނެވެ. ބާކީ ދެ މީހުން މަރުވީ އިޓަހާރީގަ އެވެ.

ނޭޕާލް ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން, ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި, މިއީ އެގައުމުގެ ސަރުކާރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ހިންގާ ޖަރީމާ އެކެވެ.