Advertisement

ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ، ހާލު ރަނގަޅު

26 އޮކްޓޯބަރު 2025 - 13:25 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގެއްލިގެން ހޯދަމުންދިޔަ ނޭޕާލްގެ އަންހެން މީހާ -- ފޮޓޯ: ފުލުހުން


ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ، ހާލު ރަނގަޅު

26 އޮކްޓޯބަރު 2025 - 13:25 2

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލުގެ އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޕޫރްނީމާ ގަޖްމާ، 19، ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި އޭނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޕޫރްނީމާ ގަޖްމާ ގެއްލިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުނީ އޮކްޓޫބަރު 24، ގަ އެވެ. އެނާ ހޯދުމަށް ފުލުހުން މަސައްކަތް ފެށީ އޮކްޓޫބަރު 21، ގެ 2:00 ގެ ފަހުން އޭނާ ނުފެންނަ ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓު ކުރުމުންނެވެ.

ޕޫރްނީމާ ގަޖްމާ އަކީ ކޮންތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ނޭޕާލު ރައްޔިތުންގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ. ބިދޭސީ މަސައްކަތްތެރިން ގެއްލުމަކީ މަދުން ނަމަވެސް މީގެ ކުރިން ދިމާވެފައިވާ ކަމެކެވެ.