7 ސެޕްޓެންބަރު 2025 - 13:47 0
ލީވާން އަލީ ނާސިރު
އއ. ތޮއްޑޫގައި ހުރި ގެސްޓުހައުސްއެއް: މި ލޯނުތައް ދޫކުރަނީ ރަށްރަށުގައި ގެސްޓުހައުސް ތަރައްގީކުރަން --- ފޮޓޯ: އަދަދު
7 ސެޕްޓެންބަރު 2025 - 13:47 0
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އިސްލާމިކް ވިންޑޯ "އެސްޑީއެފްސީ ތިޖާރާ" ގެ ދަށުން ޝަރީއަތާ އެއްގޮތްވާ އުސޫލުން ކުރިއަށްގެންދާ ފައިނޭންސިން ފެސިލިޓީއެއް ކަމަށްވާ "ތިޖާރާ ރަށު ފަތުރު" ތައާރަފުކޮށްފި އެވެ.
ޝަރީއާ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެ ފެސިލިޓީއަށް އެދި އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް ވަނީ މިއަދު ހުޅުވާލާފަ އެވެ.
އެ ޕްރޮޑަކްޓު ފަރުމާކުރެވިފައިވަނީ ޑިމިނިޝިން މުޝާރަކާ އަދި މުރާބަހާ ޓު ދަ ޕާޗޭސް އޯޑަރާގެ ކޮންސެޕްޓު ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދޭ ގޮތަށެވެ. އޭގެ ސަބަބުން ކޮންމެ ވިޔަފާރިވެރިއެއްގެ ވެސް ހުރި ހާއްސަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައި ދެވޭނެ ފަދަ އިންތިޒާމެއް ޝަރީއާ ހަމަތަކުގެ މަތީގައި ހަމަޖައްސައި ފޯރުކޮށްދޭނެ އެވެ.
• ފައިނޭންސިންގ ރޭޓް އަކީ އަހަރަކަށް 9.5 ޕަސެންޓު.
• ގްރޭސް ޕީރިއަޑް ގެ ގޮތުގައި ގިނަވެގެން 18 މަސް ދުވަސް (ގްރޭސްގެ މުއްދަތުގައި ލުއި އަދަދެއް ދައްކަން ޖެހޭ).
• ފެސިލިޓީ ދެއްކުމަށް ގިނަވެގެން 10 އަހަރު.
• ދޫކުރެވޭ އެންމެ ކުޑަ އަދަދު: 200,000ރ.
• ދޫކުރެވެ އެންމެ މަތީ އަދަދު: 5,000,000 މިލިއަން ރުފިޔާ.
• ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅުންހުރި ތަފާތު އިތުރު ވިޔަފާރި ހަރަކާތްތަކަށް (ގެސްޓްހައުސް އިމާރާތްކުރުން ފިޔަވާ) - ހިނގަމުންދާ ވިޔަފާރިތަކަށް.
• ދޫކުރެވޭ އެންމެ މަތީ އަދަދު: 1,500,000 މިލިއަން ރުފިޔާ.
• ޑައިވް ސެންޓަރު، ވޯޓާ ސްޕޯޓްސް ސެންޓަރު ފަދަ ހަރަކާތްތައް ގާއިމުކުރުމަށް.
• އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތައް: އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށް.
• މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްގީކުރުމަށް: ހިނގަމުންދާ ގެސްޓްހައުސްތައް މަރާމާތުކުރުމަށް، އިތުރު ކޮޓަރި ނުވަތަ ފެސިލިޓީތައް އިތުރުކުރުމަށް، ގެސްޓްހައުސްގެ ފެންވަރު ރަނގަޅުކުރުމަށް (އަޕްގްރޭޑްކުރުމަށް).
• ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް.
• ޓުއާ އޮޕަރޭޓިން ހިދުމަތްތަކަށް، ވޯޓާ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތައާރަފުކުރުމަށް، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށް.
• ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް: އޮންލައިން ބުކިން ސިސްޓަމްތައް ގާއިމުކުރުމަށް، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް.
މި ހިދުމަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާވެ، އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ވިޔަފާރިތައް ފުޅާކުރުމަށާއި އައު ވިޔަފާރިތައް ފެށުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.
Comment