Advertisement

އެފްއައިވީބީ ވިމެންސް ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭ ފައިނަލް އައިސް ނެޓްވޯކުން ދައްކާނެ

6 ސެޕްޓެންބަރު 2025 - 21:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި ތުރުކީ ޓީމު: އެ ޓީމު ފައިނަލުގައި ބައްދަލުކުރާނީ އިޓަލީއާ -- ފޮޓޯ: އޭއޭ


އެފްއައިވީބީ ވިމެންސް ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭ ފައިނަލް އައިސް ނެޓްވޯކުން ދައްކާނެ

6 ސެޕްޓެންބަރު 2025 - 21:34 0

ދުނިޔޭގައި ކުޅޭ ވޮލީބޯޅައިގެ އަންހެން އެންމެ ޝަރަފުވެރި މުބާރާތް، އެފްއައިވީބީ ވިމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގައި މާދަމާ ކުޅޭ ސެމީ ފައިނަލްގެ މެޗުތައް އައިސް ނެޓްވޯކުން ދައްކާނެ ކަމަށް ބުނެފި އެވެ.

އައިސް ނެޓްވޯކުން ބުނީ މުބާރާތުގެ ފައިނަލްގައި މާދަމާ ތުރުކީ އަދި އިޓަލީ ބައްދަލުކުރާ ފައިނަލް މެޗު ހަވީރު 5:30 ގައި ވަގުތުން ފެންނާނެ ކަމަށެވެ.

އެ މެޗުގެ ކުރިން މެންދުރު 1:30 ގައި ޖަޕާން އަދި ބްރެޒިލް ބައްދަލުކުރާ ތިންވަނަ ހޮވާ މެޗު ވެސް ވަގުތުން ދައްކާނެ ކަމަށް އައިސް ނެޓްވޯކުން ބުންޏެވެ.

މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ތުރުކީން ޖާގަ ހޯދީ ފަހަތުން އަރައި ޖަޕާނުގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކުރިހޯދައިގެންނެވެ.

ފައިނަލުގެ ޖާގަ އިޓަލީން ހޯދީ ތިން ސެޓް ދެ ސެޓުން ބްރެޒިލްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ މެޗުތައް ފިލިޕިންސްގައި ސެޕްޓެމްބަރު 12، އިން ފެށިގެން ސެޕްޓެމްބަރު 28، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެ މުބާރާތުގެ މެޗުތައް ވެސް އައިސް ނެޓްވޯކުން ދައްކާނެ އެވެ.

ރާއްޖޭގައި ވޮލީއަށް ލޯބިކުރާ އެންމެންނަށް މުބާރާތުގެ މެޗުތައް ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އައިސް ނެޓްވޯކުން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ތިބި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަން އައިސް ނެޓްވޯކުން އަބަދުވެސް މަސައްކަތް ކުރެ އެވެ.