Advertisement

މި ސަރުކާރަށް ރެއާއި ދުވާލު ވައްކަން ކުރުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނޭނގޭ: ގަޕޯ

30 އޮގަސްޓު 2025 - 13:26 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ): މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެނީ ބަލާވެރި ކަމެއް ކަމަށާއި މީގެއިން ސަލާމަތްވާން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


މި ސަރުކާރަށް ރެއާއި ދުވާލު ވައްކަން ކުރުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނޭނގޭ: ގަޕޯ

30 އޮގަސްޓު 2025 - 13:26 2

މި ސަރުކާރަށް ރެއާއި ދުވާލު ވައްކަން ކުރުން ފިޔަވައި އިތުރު ކަމެއް ކުރަން ނޭގޭ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޮނޑިބަތް ޕާކް ކަންމަތީގައި ބޭއްވި ހަރުގެ ޖަލްސާގައި ގަޕޯ ވިދާޅުވީ އޭނާގެ ދާއިރާގައި ބައެއް މަޝްރޫއުތައް ހިންގަން ސަރުކާރުން ވައުދުވެފައިވާއިރު، އޭގެއިން އެއްވެސް ކަމެއް މި ސަރުކާރުން ކުރާނެހާ ވެސް ކަމަކީ ރެއާއި ދުވާލު ވައްކަން ކުރުން ކަމަށެވެ.

"އަޅުގަނޑު ދާއިރާގައި ފިނޭގައި ވެސް މަގުހަދައިދޭން ބުނި. އެކަމެއް ނުވާނެ. ނުކުރެވޭނެ. ހަނިމާދޫގައި ހޮސްޕިޓަލެއް އަޅަން ބުނި. އެކަމެއް ވެސް ނުކުރެވޭނެ. ނާވައިދޫގައި ފަޅު ހިއްކައި ރިވެޓްމަންޓް ޖަހައިދޭން ބުނި. އެކަމެއް ނުވާނެ މި ސަރުކާރަކަށް،" ގަޕޯ ވިދާޅުވި އެވެ.

"އެއީކީ މި ސަރުކާރުން ދަންނަ ކަމެއް ނޫން. އެކަން ކުރާކަށް ނޭގޭނެ. އަޅުގަނޑު މިދަންނަވަނީ ނުވާނެއޭ. ވަރަށް ސާފުކޮށް މި ބުނަނީ ނުވާނެއޭ. މި މީހުންނަށް އެނގޭނެހާ ވެސް ކަމަކީ ރޭދުވާލު ވައްކަން ކުރުން. ހަމަ އެހެން އެއްވެސް ކަމެއް ކުރާކަށް ނޭގޭ."

ގަޕޯ ވިދާޅުވީ މާލެ އާއި ރަށްރަށުގައި ވެސް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކަރަންޓު ބިލުން ވައްކަން ކޮށްފައިވާ ކަމަށެވެ. ވައްކަންތަކުގެ ވާހަކަ ދައްކަނީ ހެއްކާއި ގަރީނާ ހުރުމުން ކަމަށާއި އެކަމާ ގުޅޭގޮތުން ތަނަކަށް ގެންދިޔުމުން އެ ހެކިތައް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ރައްޔިތުންނަށް ޖެހިފައި އޮތް ބޮޑު މުސީބާތެއްކަން ފާހަގަކުރައްވާ ގަޕޯ ވިދާޅުވީ މި މުސީބާތުން ދިވެހި ރައްޔިތުން ސަލާމަތްވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ގައުމު ހަމަ މަގަށް އަޅުވާނަން. މި ސަރުކާރުންވާ އެއްވެސް ވައުދަކީ އެއީ ފުއްދާނެ ވައުދެއްކަން ރައްޔިތުން ގަބޫލުކުރަން ހެޔޮވެސް ނުވާނެ. ރޯމާ ދުވާލު ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަނީ. އެއީކީ ނޫން ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަކީ. ރައްޔިތުންނަށް އެކޮށްދެނީ ބަލާވެރިކަމެއް. މީގެއިން އަޅުގަނޑުމެން ސަލާމަތްވާންޖެހޭ،" ގަޕޯ ވިދާޅުވި އެވެ.

މި ސަރުކާރަށް ކުރެވުނު ހަމައެކަނި ކަމަކީ ބޮޑު ހަރަދުކޮށްގެން މާލޭގެ އެއް ނަންބަރު ފާލަން ތަރައްގީކުރުން އެކަނި ކަމަށާއި ރަށެއްގައި ވެސް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.