Advertisement

ހަތަރު ލައްކަ ރުފިޔާގެ ހުރާ މޮނިއުމަންޓުގެ މަސައްކަތް ނުނިމެނީސް ގެއްލުން ދީފި

6 އޮގަސްޓު 2025 - 11:52 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުރާގައި ހުރި މޮނިއުމަންޓަށް ގެއްލުންދީފައި: އެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައި -- ފޮޓޯ: ސޯޝަލް މީޑިއާ


ހަތަރު ލައްކަ ރުފިޔާގެ ހުރާ މޮނިއުމަންޓުގެ މަސައްކަތް ނުނިމެނީސް ގެއްލުން ދީފި

6 އޮގަސްޓު 2025 - 11:52 4

ކ. ހުރާ ބަނދަރުމަތީގައި 490،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކައުންސިލުން ބެހެއްޓި މޮނިއުމަންޓްގެ މަސައްކަތް ނުނިމެނީސް އެއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ގެއްލުން ދީފި އެވެ.

ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު އަދަދު އަށް ވިދާޅުވީ މާކަނާއަކާއި ކަކުންޏެއް ހިމެނޭ މޮނިއުމަންޓް ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށްފަހު އޭގެ އެންމެ ފަހުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުން ދިނީ އޭގައި ހިމެނޭ މާކަނާއަށް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ފާހަގަކޮށް އީސާ ވިދާޅުވީ އެ މޮނިއުމަންޓް ބެހެއްޓުމުން ރަށުގެ ހަތަރު ވަރަކަށް މީހުން އޭގައި މާކަނާއެއް ހިމެނޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

"މޮނިއުމަންޓް ހަދަމުން ދިޔައިރު ވެސް ދީނީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ. ހަތަރު ފަސް ކުއްޖަކު އެކަމާ ހިތްހަމަނުޖެހުނުކަން އެނގޭ. އޭގެ ތެރެއިން އެކަކު އެ ހިތްހަމަނުޖެހުން ހިއްސާ ވެސް ކުރި. އެކަމަކު 95 ޕަސަންޓު މީހުން މޮނިއުމަންޓް ބަހައްޓަން އެއްބަސްވޭ،" އޭނާ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ ރަށުގައި ބަހައްޓާފައި ހުންނަ ތަކެއްޗަށް އެގޮތަށް މީގެ ކުރިން ދުވަހަކު ވެސް ގެއްލުމެއް ދީފައި ނުވާ ކަމަށާއި އެކަން ކުރި ބައެއް ވެސް ސީދާ ބުނަން ނޭގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށުގެ ގިނަ ރައްޔިތުން އަދިވެސް މޮނިއުމަންޓް ބަހައްޓަން ބޭނުންވާތީ، މޮނިއުމަންޓުގައި ހިމެނޭ މާކަނާއަށް ދިން ގެއްލުން މަރާމާތު ކުރާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުންގެ ރޫހާ އެއްގޮތަށް މޮނިއުމަންޓް އެތަނުން ނެގުމުގެ ވިސްނުމެއް ކައުންސިލުގެ ނެތް ކަމަށެވެ.

ގާތްގަނޑަކަށް 1،500 އެއްހާ މީހުން ދިރިއުޅޭ ހުރާއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަދި ދިވެހިން ވެސް ޗުއްޓީ ހޭދަކުރަން ދާ ރަށެކެވެ. އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓުހައުސްތައް ވެސް ހުރެ އެވެ.