Advertisement

އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ މެޗުތައް އައިސް ނެޓްވޯކުން ދައްކާނެ

4 އޮގަސްޓު 2025 - 18:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ މެޗުތައް އައިސް ނެޓްވޯކުން ދައްކާނެ

4 އޮގަސްޓު 2025 - 18:32 0

ދުނިޔޭގައި ކުޅޭ ވޮލީބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކް މެދުވެރިކޮށް ދައްކާނެ ކަމުގެ އުފާވެރި ހަބަރު ބެލުންތެރިންނަށް ހާމަކޮށްފި އެވެ.

އައިސް ނެޓްވޯކުން ބުނީ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ކުޅޭ ހުރިހާ މެޗެއް ވެސް އައިސް ނެޓްވޯކް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ޑިވިޝަނަކުން 32 ގައުމު ތައްޓަށް ވާދަކުރާނެ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް ތައިލެންޑުގައި އޮގަސްޓް 22، އިން ފެށިގެން ސެޕްޓެމްބަރު 7، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފިރިހެން ޑިވިޝަންގެ މެޗުތައް ފިލިޕިންސްގައި ސެޕްޓެމްބަރު 12، އިން ފެށިގެން ސެޕްޓެމްބަރު 28، ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އައިސް ނެޓްވޯކުން ބުނީ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕްގެ މެޗުތައް ރާއްޖޭގައި ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް އެ ކުންފުންޏަށް ލިބުމުން އެކަމާ އުފާވާ ކަމަށެވެ.

މިގޮތުން ރާއްޖޭގައި ވޮލީއަށް ލޯބިކުރާ އެންމެންނަށް މުބާރާތުގެ މެޗުތައް ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އައިޓީ ނެޓްވޯކުން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ތިބި ރައްޔިތުންނަށް ފަސޭހަކަމާ އެކު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަން އައިސް ނެޓްވޯކުން އަބަދުވެސް މަސައްކަތް ކުރެ އެވެ.