Advertisement

އެމްއެޗްއޭ އިން ވިއްކާ ހުރިހާ އައިސް ކްރީމަކުން 15 ޕަސަންޓުގެ ޑިސްކައުންޓް

19 ޖުލައި 2025 - 21:10 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއެޗްއޭ އިން ވިއްކާ ހުރިހާ އައިސް ކްރީމަކުން 15 ޕަސަންޓުގެ ޑިސްކައުންޓް

19 ޖުލައި 2025 - 21:10 1

އެމްއެޗްއޭ އިން ވިއްކާ ހުރިހާ އައިސް ކްރީމަކުން މާދަމާ އިން ފެށިގެން ފަސް ދުވަސްވަންދެން 15 ޕަސަންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްއެޗްއޭއިން އެތެރެކޮށް ވިއްކާ އައިސް ކްރީމު ބްރޭންޑުތަކުގެ ތެރޭގައި ހާގަން ޑާޒް، ޖޮއިޑޭ، ނެސްލޭ، ލަންޑަން ޑެއިރީ، ކުއަންޓާ އަދި އިގްލޫ ހިމެނެ އެވެ. އެއީ މުޅި ދުނިޔޭގައި ވެސް އެންމެ ހިންގާ ބްރޭންޑުތަކެވެ.

އެމްއެޗްއޭއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހޯލްސޭލް އަދި ރީޓެއިލް ހުރިހާ އައުޓްލެޓަކުން ވެސް 15 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އެމްއެޗްއޭގެ ތިން މާޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައި ދެ މާޓް ހުރެ އެވެ. މާލޭގެ މާޓްތައް ހުންނަނީ އޯކިޑު މަގު، ފަރީދީ މަގު އަދި މަޖީދީ މަގުގަ އެވެ. ހުޅުމާލޭގެ މާޓްތައް ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސް އަދި ނިރޮޅު މަގުގަ އެވެ.

ބައިގަރުނަ ކުރިން ފެށިގެން ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަން ފެށި އެމްއެޗްއޭއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ގިނަ އަދަދެއްގެ ރީޓެއިލް ފިހާރަ ވެސް ހިންގާ ކުންފުންޏެވެ.

  • ވައިބާ ކޮމިއުނިޓީ: http://bit.ly/3FVA6a9
  • ފިހާރަ ލޮކޭޝަންތައް: https://linktr.ee/mha.mv